ގިނަ ބައެއްގެ މަޝްހޫރުކަން ހޯދާފައިވާ ލަވަކިޔުންތެރިން ކަމަށްވާ ޝޯން މެންޑެސްއާއި ކެމީލާ ކަބޭލޯ އަނެއްކާ ވެސް ލޯބީގެ ގޮތުން ގުޅިއްޖެ އެވެ.
އެ ދެތަރިން އަލުން ގުޅުނު ކަމުގެ އަޑުތައް އަރާފައިވަނީ މިފަހުން ބޭއްވި ކޯޗެއްލާ މިއުޒިކް ފެސްޓިވަލްގެ ތެރެއިން ގައިގޯޅިކޮށް އުޅޭ މަންޒަރު ކެމެރާތަކަށް އަރާފައި ވަނިކޮށެވެ.
އޭގެ ފަހުން އެދެތަރިން ވަނީ ވެނިސްގެ މަގުމަތިން އަތާ އަތް ޖޯޑުކޮށްގެން އުޅެނިކޮށް ވެސް ފެނިފަ އެވެ. މިއާއެކު އެ ދެތަރިން އަލުން ގުޅުނު ކަމުގެ އަޑުތައް ވަނީ މީޑިއާގައި ފެތުރިފަ އެވެ.
ހަބަރުތައް ބުނާ ގޮތުގައި އެ ދެމީހުން އެކުގައި ފެނުނުއިރު ވަރަށް އުފާވެރިކޮށް ކަމަށާއި އެމީހުންގެ މެދުގައި އެއްވެސް ނުތަނަވަސްކަމެއް އޮތް ކަމަށް ލަފާ ނުކުރެވޭ ކަމަށަ ވެސް ހަބަރުތައް ބުނެ އެވެ.
ޝޯންއާއި ކަމިއްލާ އާއްމުންގެ މެދުގައި މަގުބޫލުކަން ހޯދާފައިވަނީ އެދެމީހުން އެކުގައި ކިޔާފައިވާ "ސެނޯރިތާ" ލަވައިންނެވެ. އެ ލަވައަކީ ޗާޓުތަކުގެ އެންމެ ކުރިން ޖާގަ ހޯދި ލަވަ އެކެވެ.
އެ ލަވައަށްފަހު ދެމީހުން ލޯބީގެ ގޮުތުން ގުޅުނު ނަމަވެސް ދުވަސްކޮޅަކަށްފަހު އެ ގުޅުން ނިމުނު ކަމުގެ ހަބަރުތައް ވެސް ވަނީ ފެންމަތިވެފަ އެވެ.

ކަސްޓަމާއި ކަރެކްޝަން މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފި
ބައްސާމް 24 ގަޑިއިރު ނުވަނީސް އަނބުރާ ޖަލަށް ބަދަލުކޮށްފި
އީރާނުން ގަލްފުގެ ގައުމުތަކަށް ދޭ ހަމަލާތައް ވަރުގަދަކޮށްފި