މާދަމާ އަކީ ފިތުރު އީދު ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ވެސް އިއުލާންކޮށްފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ބުރާސްފަތި ދުވަހު އިރު އޮއްސުނު ވަގުތު ހަނދު ފެންމަތީގައި ހުންނާނެ ކަމަށް އިތުބާރު ހުރި ފަލަކީ ހިސާބުން ކަަށަވަރުވާ ކަމަށެވެ.
ބައެއް އިސްލާމީ ގައުމުތަކަށް ވެސް ހަނދު ފެނިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
އެހެންކަމުން، ރަމަޟާންމަހާއި ޝައްވާލްމަހުގެ ހަނދު ސާބިތުކުރަން ރާއްޖޭގައި އަމަލުކުރަން ހަމަޖެހިފައިވާ އުސޫލުގެ މަތިން މާދަމާއަކީ އީދު ދުވަސްކަމަށް އެ މިނިސްޓްރީން ވަނީ ކަނޑައަޅާފަ އެވެ.
މާލެ އާއި ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރަން ވަނީ ހަމަޖެހިފަ އެވެ.
3 އަހަރަށްފަހު އެރިއާނާއާއި އީތަންގެ ލޯބީގެ ގުޅުން ނިމުމަކަށް!
މިފްކޯއަށް މަސް ގަންނަ އަގު 20 ރުފިޔާއަށް ބޮޑުވެއްޖެ
އެނާޖީ ބުއިންތަކުން ނިދި އަންނަނީ ކީއްވެ؟
