ލޮނުމަހުގެ ތެރޭގައި ފޮރުވައިގެން ރާއްޖޭން ބޭރުކުރަން އުޅުނު މިޔަރު އުރަހަތަކެއް މިއަދު އަތުލައިގެންފި އެވެ.
އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް ބުނީ ލޮނުމަސްތަކެއްގެ ތެރޭގައި ފޮރުވައިގެން ރާއްޖޭއިން ބޭރުކުރަން އުޅުނު ގިނަ އަދަދެއްގެ މިޔަރު އުރަހަ ތަކެއް، އޭވިއޭޝަން ސެކިއުރިޓީގެ ކާގޯ ސްކްރީނިން ޔުނިޓުން ހިފަހައްޓާފައިވާ ކަމަށެވެ.
އެއާޕޯޓުގެ ސަލާމަތީ ކަންކަން ބަލަހައްޓާ ޔުނިޓުން ބުނީ މިޔަރު އުރަހަތައް ހިފެހެއްޓުމަށްފަހު ކަމާބެހޭ އިދާރާތަކަށް ހަވާލުކޮށްފައިވާ ކަމަށެވެ. ނަމަވެސް އަތުލައިގަތީ ކިހާ އަދަދެއްގެ ތަކެއްޗެއް ކަމެއް ނުބުނެއެވެ.
ރާއްޖޭގައި މިޔަރު ހިފުމާއި މިޔަރަށް ގޯނާ ކުރުމަކީ މަނާ ކަމެކެވެ. މިޔަރަކީ ހިމާޔަތްކޮށްފައިވާ އެއްޗެކެވެ. ނަމަވެސް ގަވާއިދާއި ހިލާފަށް މިޔަރު ހިފައި އޭގެ އުރަހަ ވިޔަފާރީގެ ގޮތުގައި ބޭނުންކުރަމުން ދެ އެވެ. މީގެ ކުރިން އެފަދަ މައްސަލަތައް ފުލުހުންނަށް ހުށަހަޅާފައި ވެ އެވެ.
މިޔަރު އުރަހައަކީ ވަރަށް ބޮޑު އަގުގައި އޭޝިއާގެ ބައެއް ގައުމުތަކުގައި ވިއްކާ އެއްޗެކެވެ.
އެމްއެސްއެސްގެ ބޯޓަކުން 17 ކޮންޓެއިނަރު ލަންކާ ކަނޑަށް ވެއްޓިއްޖެ
ރޮނާލްޑޯ އާއި ޖޯޖީނާ އަންނަ ހަފްތާގައި ކައިވެނި ކުރަނީ
އީރާނަށް ދޭން އުޅުނު ހަމަލާތައް ޓްރަމްޕް މަޑުޖައްސާލައިފި