ރަންވީރު ސިންގް އާއި ދީޕިކާ ޕަދުކޯން އަކީ ބޮލީވުޑްގައި އެންމެ މަޝްހޫރު އެއް ޖޯޑެވެ. ގާތްގަނޑަކަށް ފަސް އަހަރު ދުވަހު ރައްޓެހިވެގެން އުޅުނު ފަހުން 2018 ވަނަ އަހަރު ރަންވީރު އާއި ދީޕިކާ ކައިވެނިކޮށްފަ އެވެ. އޭގެ ފަހުން ދީޕިކާ އާއި ރަންވީރަށް ދަރިޔަކު ލިބެން އުޅޭ ކަމަށް މީޑިއާގައި ހަބަރުތައް ފެތުރިފައިވެ އެވެ. އެހެން ނަމަވެސް ކޮންމެ ފަހަރަކު ވެސް އެވާހަކަތައް އެމީހުން ދޮގު ކުރެ އެވެ.

އަނެއްކާވެސް މިވަނީ ދީޕިކާއަށް ދަރިޔަކު ލިބެން އުޅޭ ވާހަކަތަކުގެ އަޑުގަދަވެފަ އެވެ. މިކަމާ ގުޅިގެން ރަންވީރާއި ދީޕިކާ އަދި ވާހަކަ ދައްކާފައިނުވާއިރު ބޮލީވުޑް ހަބަރު ގެނެސްދޭ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އެ މީހުންނަށް އަލަތު ދަރިފުޅު ލިބެންއުޅޭ ވާހަކަ ވަރަށް އަވަހަށް އިއުލާނު ކުރާނެ އެވެ.

ރަންވީރު އާއި ދީޕިކާގެ ކައިވެނީގައި މައްސަލަތަކާ ގުޅޭ ގޮތުން ޝައްކުތައް އުފެދިފައިވާއިރު، އެމީހުންނަށް ދަރިޔަކު ލިބޭ ވާހަކަ ފެތުރުވުން އެމީހުން ސަޕޯޓަރުން އަންނަނީ އެކަމާއި އުފާ ފާޅުކުރަމުންނެވެ.

އެންމެ ފަހު ދީޕިކާ ފެނިގެން ގޮސްފައިވަނީ ގިނަ ރެކޯޑުތަކެއް މުގުރާލި "ޕަޓާން" އިންނެވެ. ދީޕިކާގެ ބޮޑެތި ފިލްމުތައް ކުރިއަށް އެބަހުއްޓެވެ. އޭގެ ތެރޭގައި، އަންނަ އަހަރު ނެރެން ނިންމާފައިވާ އެކްޝަން-ތްރިލާ "ފައިޓާ" އަދި މި އަހަރު ނިކުންނަ ސައިންސް ފިކްޝަން ފިލްމު "ޕްރޮޖެކްޓް ކޭ" ގެ އިތުރުން، "ސިންގްހަމް 3" ހިމެނެ އެވެ.

ރަންވީރު ކުރިއަށް އޮތީ އާލިއާ ބަޓް އާއެކު ފެނިގެންދާ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އެވެ.