ރައްޔިތުންގެ މަޖިލީހުގެ ލ. އިސްދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހަމީދު ޖުމްހޫރީ ޕާޓީ ދޫކުރައްވައި އެމްޑީޕީއަށް މިއަދު ސޮއިކުރައްވައިފި އެވެ.
އަލީ އެމްޑީޕީއަށް ސޮއިކުރީ މުލިއާގޭގައި މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އޭނާ ސޮއިކުރެއްވި ރަސްމިއްޔާތުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޗެއާޕާސަން ފައްޔާޒް އިސްމާއިލްގެ އިތުރުން ޕާޓީގެ ލީޑަޝިޕް ބޭފުޅުންގެ ތިއްބެވި އެވެ.
އަލީ އާއެކު މިހާރު މަޖިލީހުގައި އެމްޑީޕީގެ މެމްބަރުންގެ އަދަދު 67 އަަށް އެރީ އެވެ.
އަލީ ޖޭޕީ އިން ވަކިވެ އެމްޑީޕީއާއި ގުޅުނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީ އިން ވަކިން ވާދަކުރަން ނިންމުމާ ގުޅިގެން ޖޭޕީގެ ބައެއް އިސް އެހެން މެމްބަރުން ވެސް އެ ޕާޓީ އާ ވަކިވަމުންދާ ދަނޑިވަޅެއްގަ އެވެ.
ޖުމްހޫރީ ޕާޓީން ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެޕާޓީ ވަކީން ވާދަކުރުމަށާއި ޕާޓީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ގާސިމް އިބްރާހީމް ހަމަޖައްސާފައި އެވެ. އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުން ފެކްޝަނާއެކު ރިޔާސީ އިންތިހާބަށް ނިކުންނެވުމަށް ގާސިމް ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. ގާސިމް ރައީސް ނަޝީދާއެކު މަސައްކަތް ކުރައްވާތީ ބަައެއް މެމްބަރުންގެ ހިތްހަމަނުޖެހުން އޮވެ އެވެ.
ޖުމްހޫރީ ޕާޓީ އިން އެޕާޓީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް، ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު، އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހްމަދު (ހަނަފީ), ހެރިޓޭޖު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ވަލީދާ ވަލީދު، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އިބްރާހިމް ހަސަން (އެވިލާ)، އެމްޑަބްލިޔޫއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްގެ އިތުރުން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވެސް ވަނީ ރައީސް ސޯލިހުއަށް ތާއީދު ކުރައްވާކަން ހާމަކޮށްފަ އެވެ.
އިންތިހާބު ނިމިގެން ބޭޢްވި ވިކްޓްރީ ޕާޓީ ނިންމާލާފައި ދިޔަ ގޮތަށް ބަހަބަރު ވި މީހެއް ތިއީ. ސިމްކާޑުވެސް ބިންދާލާފައި ކައްދޫ ޖެޓީ މަތިން މޫދަށް އެއްލާލި. އައު ނަންބަރެއް ގެންގުޅެނީވެސް. އަނެއްކޮޅުން އިންތިހާބަށް 6 މަހަށްވީމާ ގޮނޑިގަނޑު ވިއްކާލީ.