އައްޑޫ ސިޓީ ފޭދޫގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
އެމްއެންޑީއެފް އިން ބުނީ އައްޑޫ ސިޓީ ފޭދޫ އަލިވިދާގޭގައި މިރޭ ހިނގި އަލިފާނުގެ ހާދިސާ ކޮންޓްރޯލުކޮށް އަލިފާން ނިއްވާލާފައިވަނީ ހިތަދޫ ފަޔާ ސްޓޭޝަނުންނެވެ.
މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފްގެ ސަދަން އޭރިއާއަށް ލިބިފައިވަނީ މިރޭ 7:33 ގައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަދި އަލިފާން ނިއްވާލެވިފައިވަނީ މިރޭ 08:09 ހާއިރު ކަމަށްވެސް ބުންޏެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ. ބެލެވޭގޮތުގައި މި ހާދިސާ ހިނގީ ކަރަންޓް ޝޯޓެއް ވެގެންނެވެ.
ފުރަތަމަ ކުއާޓާގައި ދެ މިލިއަން މީހުން ވީއައިއޭއިން ހިދުމަތް ހޯދި
އީރާނުން 21 މީހަކަށް މަރުގެ އަދަބު ދީފި
އެމްޑީޕީން އެންމެ ކަމުނުދާ ކަމަށް ބުނި ވަޒީރުންނަށް ވެސް ވޯޓުދިން
