ޑިފެންސް މިނިސްޓްރީގެ މަސައްކަތްތަކަށް ގެނައި ބަދަލަށް ރުހުން ހޯދަން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅައިފި އެވެ.
މި ބަދަލަކީ ކެމިކަލް ހަތިޔާރު މަނާކުރުމުގެ ގާނޫނު ތަންފީޒުކުރުމާއެކު މި މަހުގެ 18 އިން ފެށިގެން އެކަމާ ގުޅޭ މަސައްކަތް ޑިފެންސް މިނިސްޓްރީގެ މަސައްކަތެއްގެ ގޮތުގައި ހަމަޖެއްސުމެވެ.
އެހެންކަމުން ޑިފެންސް މިނިސްޓްރީގެ މަސައްކަތްތަކަށް ގެނައި ބަދަލު ރައްޔިތުންގެ މަޖިލީހުން ފާސްކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މަޖިލީހަށް ސިޓީއެއް ފޮނުއްވައިފަ އެވެ.
މަޖިލީހަށް މިމައްސަލަ ހުށައެޅުމުން އިތުރަށް ދިރާސާ ކުރުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީއަށް ވަނީ ފޮނުވާފަ އެވެ.
އެ މައްސަލައާ މެދު ދެން ގޮތެއް ނިންމާނީ މަޖިލީހުގެ ކޮމިޓީންނެވެ.
ދޯންޏަކާއި ލޯންޗެއް ޖެހި ފަސް މީހަކަށް އަނިޔާވެއްޖެ
ޖޫން މަހު މީރާއިން 2.92 ބިލިއަން ރުފިޔާ ބަލައިގަނެފި
އަވަހާރަކޮށްލި އީރާނުގެ ލީޑަރު ހާމަނާއީގެ ހަށިކޮޅު ފަސްދާނުލައިފި