ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ރާއްޖެ ޓީވީ ދެ މިލިއަން ރުފިޔާ އިން ޖޫރިމަނާ ކުރަން ނިންމި ނިންމުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ބާތިލްކޮށްފި އެވެ.
ރާއްޖެ ޓީވީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސަލީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ފައިސާ އަނބުރާ ލިބުނަސް ބޭނުން ނުކުރާނެ ކަމަށެވެ.
އޭގެބަދަލުގައި އެ ފައިސާ ކުޑަކުދިންގެ ހިޔާއަށް ދިނުމަށް ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސަލީމް ވިދާޅުވީ ރާއްޖެ ޓީވީއަށް މުހިންމީ އިންސާފު ކަމަށާއި އެކަންވެއްޖެ ކަމަށެވެ.
ރައީސް ޔާމީންގެ ސަރުކާރުގައި ރާއްޖެ ޓީވީ ޖޫރިމަނާ ކުރީ އަބުރު ރައްކާތެރިކުރުމާއި ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުންނެވެ. ނަމަވެސް މި ސަރުކާރު އައިފަހުން ރައްޔިތުންގެ މަޖިލީހުން ވަނީ އެ ގާނޫނު އުވާލާފަ އެވެ.
މުރަނގަ ގަހުން ފެނުގެ މައިކްރޯޕްލާސްޓިކް ސާފުކޮށްދޭ: ދިރާސާ
އުރަމަތީ ކެންސަރަށް ހާއްސަ ފުރަތަމަ ޑޮކްޓަރަކަށް ޑރ. އަލްތާފް
ކޯހީނޫރު އަލިމަސް އަަނބުރާ ދޭން މަމްދާނީ ޗާލްސްއަށް ގޮވާލައިފި
