ދަރުމަވަންތަ ހޮސްޕިޓަލް ހުންނަ އިމާރާތުގެ ފެނުގެ ނިޒާމަށް ދިމާވި މައްސަލައަކާއި ގުޅިގެން މެދުކެނޑުނު އައިޖީއެމްޗް ލެބޯޓްރީގެ ޚިދުމަތް މިހާރު އަލުން ފަށާފައިވާ ކަމަށް އައިޖީއެމްއެޗް އިން ބުނެފި އެވެ.
އައިޖީއެމްއެޗްގެ ލެބޯޓްރީގެ ޚިދުމަތް މެދުކެނޑުނީ ދަރުމަވަންތަ ހޮސްޕިޓަލުގެ 9 ވަނަ ފަންގިފިލާގެ ފެނުގެ ނިޒާމަށް ދިމާވި މައްސަލައަކާ ގުޅިގެންނެވެ.
އައިޖީއެމްއެޗްއިން ކުރި ޓުވީޓެއްގައި ވަނީ ދަރުމަވަންތަ ހޮސްޕިޓަލް ހުންނަ އިމާރާތުގެ ފެނުގެ ނިޒާމަށް ދިމާވި މައްސަލަ ހައްލުކޮށް މިހާރު ލެބޯޓްރީގެ ޚިދުމަތް ފަށާފައިވާ ކަމަށެވެ.
މިމައްސަލަ ހައްލުވަންދެން، އެ ހޮސްޕިޓަލުގައި އެޑްމިޓް ކުރެވިފައިވާ މީހުންގެ ޓެސްޓުތައް ހުޅުމާލެ ހޮސްޕިޓަލުން ކުރެވޭނެ އިންތިޒާމްވަނީ ހަމަޖައްސާފައި ކަމަށް އައިޖީއެމްއެޗުން ބުނެފައިވެ އެވެ.
އައިޖީއެމްއެޗްއަކީ ރާއްޖޭގައި އެންމެ ގިނަ ބަޔަކު ހިދުމަތް ހޯދާ ހޮސްޕިޓަލެވެ.
އެމެރިކާއާއި އީރާނުން ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެއްޖެ
ކޭޕް ވާޑްއިން ޔޫރަޕްގެ ޗެމްޕިއަން ހިފަހައްޓައިފި
އެމެރިކާ ސިފައިންގެ ބޮންއަޅާ ބޯޓެއް ވެއްޓި 8 މީހުން މަރުވެއްޖެ