މަހާނަ ގާތަކަށް ގެއްލުންވުމާއި ގުޅިގެން މާލެ ހުކުރު މިސްކިތުގައި ހުރި ގަސްތައް ނަގަން ފަށައިފި އެވެ.
އެރިޓޭޖް މިނިސްޓްރީން ބުނިގޮތުގައި، މި ގަސްތައް ނަގައި، ބަދަލުކުރަން ނިންމާފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރު ޕާކަށެވެ.
މި މަސައްކަތް ކުރަނީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ގުޅިގެންކަން ފާހަގަކޮށް އެމިނިސްޓްރީން ބުނީ، އެ ކުންފުންޏާ ގުޅިގެން ގަސްތައް ބަދަލު ކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރިއަށް ކަމަށެވެ.
މިނިސްޓްރީން ބުނިގޮތުގައި ހިޔާ ޕާކަށް ބަދަލު ކުރަން ނިންމާފައިވަނީ ހުކުރު މިސްކިތުގައި ހުރި ގަސްތަކުގެ ތެރެއިން އެންމެ ބޮޑަށް މޫ ފެތުރިފައިވާ ތިން ގަހެކެވެ. އަދި މި މަސައްކަތް މި ހަފްތާގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ ކަމަށް އެމިނިސްޓްރީން ބުނެ އެވެ.
ހުކުރު މިސްކިތުގައި ހުރި ގަސްތަކުގެ ސަބަބުން މަހާނަ ގައު ތަކަށް ގެއްލުން ވުމާއި ގުޅިގެން މީގެ ކުރިންވެސް ދެ ގަހެއް ވަނީ ނަގާފަ އެވެ. އެދެގަސް ބަދަލުކޮށްފައި ވަނީ ސެންޓްރަލް ޕާކަށެވެ.
ހަށިގަނޑުން ނުބައި ވަސް ދުވާނަމަ ޑޮކްޓަރަށް ދެއްކުން އަވަސްކުރޭ!
ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް "ލިމިޓްލެސް ބޫސްޓާސް"
ގޯލްޑަން ގްލޯބް އެވޯޑްސް 2026ގެ ނޮމިނޭޝަންތައް އިއުލާން ކޮށްފި
