އެންމެ މޮޅު ބަތަލާގެ އެވޯޑު މަޝްހޫރު ތަރި އާލިއާ ބަޓްއަށް ލިބުމުން ފިލްމީ ތަރި ކަންގަނާ ރަނާއުތް ފާޑުކިޔައިފި އެވެ.
ފަހަކަށް އައިސް ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ އެންމެ ކާމިޔާބު ބޮލީވުޑް ތަރިއެއްގެ ގޮތުގައި އާލިއާ ހިމެނޭއިރު، އޭނާ ވަނީ "ދާދާ ސާހެބް ޕަލްކޭ ފިލްމު ފެސްޓިވަލް"ގައި އެންމެ މޮޅު ބަތަލާގެ ރޯލުން އެވޯޑު ހާސިލްކޮށްފަ އެވެ.
އޭނާއަށް އެ އެވޯޑު ލިބުނީ، ފިލްމު "ގަންގޫބާއީ"ގައި އޭނާ އަދާކޮށްދިން ރޯލުގެ ސަބަބުންނެވެ. އެހެންނަމަވެސް އާލިއާއަށް އެވޯޑު ލިބުމުން ކަންގަނާ ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.
ކަންގަނާ ބުނިގޮތުގައި އެވޯޑު އާލިއާއަށް ލިބުނަސް އެއީ އާލިއާއަށް ހައްގު އެއްޗެއް ނޫނެވެ. އަދި އޭނާއަށް ވެސް އެވޯޑު ލިބުނީ މަޝްހޫރު އަދި ކާމިޔާބު ޑައިރެކްޓަރު މަހޭޝް ބަޓްގެ ދަރިފުޅަށްވުމުން ކަމަށް ކަންގަނާ ބުންޏެވެ. މިހެން ބުނެ ކަންގަނާ، އާލިއާއަށް ނިސްބަތްކުރީ "ނެޕޯ މާފިއާ" ގެ ނަމުންނެވެ.
އެހެން ނަމަވެސް ކަންގަނާގެ މި އަމަލު އާންމުން ވަނީ ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ. އަދި އޭނާ އެފަދައިން ބުނަނީ ހަސަދަވެރިވާތީ ކަމަށް އާންމުން ބުނެފައިވެ އެވެ.
އައްޑޫއަށް ވަގަށް އެތެރެކުރި 1.8 މިލިއަން ސިނގިރޭޓު ނައްތާލައިފި
ދަރިފުޅު ބޭނުންވާ ކަންތައް ނުކުރެވޭ ކަމަށް އެންޖެލީނާ ބުނީ ކީއްވެ
ވިއްކަން ހުންނަ ތަކެތި ކައްކަމުންދިޔައީ ފާހާނައިގައި!
