ދިރާގު ލާމު އިންޓަ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕް މާދަމާ ފަށާނެ އެވެ.
ދިރާގަކީ އެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރެވެ. އަދި ދިރާގަކީ އެ މުބާރާތް އިންތިޒާމުކުރާ އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޑިޖިޓަލް ޕާޓްނަރެވެ.
މިއީ ހަ އުމުރުފުރާއަކަށް ބަހާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ. މުބާރާތުގައި 13 ސްކޫލަކުން 400 އަށް ވުރެ ގިނަ ކުދިން ބައިވެރިވާނެ އެވެ.
ދިރާގަކީ އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ 2023 ވަނަ އަހަރުގެ ޑިޖިޓަލް ޕާޓްނަރު ވެސްމެ އެވެ. މިގޮތުން މި ޕާޓްނަރޝިޕް މެދުވެރިކޮށް ދިރާގުން ދަނީ އެ އެސޯސިއޭޝަނަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަފާތު އެތުލެޓިކްސް މުބާރާތްތައް ކުރިއެރުވުމަށާއި ރާއްޖޭގައި އައު ޖީލެއްގެ އެތުލީޓުން އުފެއްދުމަށް އޭއޭއެމްއަށް މަގުފަހިކޮށް އެހީތެރިވެދެމުންނެވެ.
ދިރާގުން އަންނަނީ ކުޅިވަރާއި އިޖްތިމާއީ ހަރަކާތްތަށް ކުރިއަރުވާ އެކިއެކި ޕްރޮގްރާމްތަކާއި އިވެންޓްތަކަށް އެހީތެރިކަން ފޯރުކޮށްދީ މިފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމަށް އެއްބާރުލުންދެމުންނެވެ.
އީރާނުން ވިޔަފާރީގެ މުޅިން އެހެން އުކުޅުތަކެއް، ޓްރަމްޕް ވާނުވާގަ
އުރަމަތީ ކެންސަރަށް ހާއްސަ ފުރަތަމަ ޑޮކްޓަރަކަށް ޑރ. އަލްތާފް
ކޯހީނޫރު އަލިމަސް އަަނބުރާ ދޭން މަމްދާނީ ޗާލްސްއަށް ގޮވާލައިފި