90 ގެ އަހަރުތަކުގައި ބޮލީވުޑް ފިލްމު އިންޑަސްޓްރީގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދި މަޝްހޫރު ބަތަލާ ޕްރިތީ ޒިންތާ، އެންމެ ކުރާހިތްވާ އެއް ކަމަކީ ފާހާނާ ދޮވުން ކަމުގައި އޭނާ ބުނެފި އެވެ.
ޕްރިތީ ބުނިގޮތުގައި ސާފުތާހިރުކަމަކީ އޭނާ ވަރަށް ބޮޑަށް އިސްކަންދޭ އެއް ކަމެވެ.
ހަމައެހެންމެ ހަށިގަނޑުގެ ސާފުތާހިރުކަމުގެ އިތުރުން އޭނާ ދިރިއުޅޭ ތަނުގެ ސާފުތާހިރުކަމަކީ ވަރަށް ގާތުން ބަލާ ކަންކަން ކަމުގައި އޭނާ ބުނެފައިވެ އެވެ.
އެގޮތުން އެކި ތަންތަން ސާފުކުރުމުގެ ތެރެއިންވެސް ޕްރިތީއަށް އެންމެ ބޮޑަށް ކަމުދަނީ ފާހާނާ ސާފުކުރުން ކަމުގައި އޭނާ ބުނެފައިވެ އެވެ. ޕްރިތީ ބުނިގޮތުގައި ހަޑިކޮށް ހުންނަ ފާހާނާ ފެނުމުން އޭނާގެ ކެތްތެރިކަން ކޮޅުންލަ އެވެ.
ފިލްމީ ދާއިރާގައި މަސައްކަތް ކުރުމުގެ ތެރެއިންވެސް މިފަދަ ބައެއް ތަޖުރިބާތައް ކުރަންޖެހުނުކަން ފާހަގަކޮށް ޕްރިތީ ބުނީ، އޭނާ ޝޫޓިންއަށް ދިއުމުގެ ކުރިން ޝޫޓިންގައި ބޭނުންކުރާ ކޮޓަރިތަކާއި ވޭނުގައި ހުންނަ ފާހާނާތައް ސާފުކުރަން މަަސައްކަތު މީހުން ކައިރީގައި ބުނާކަމަށެވެ. އަދި ފާހާނާ ބޭނުން ކުރުމަށްފަހު ކޮންމެ މީހަކުވެސް ފާހާނާ ސާފުކޮށް ބެހެއްޓުމަށް އަންގާކަމަށް ޕްރިތީ ބުނެފައިވެ އެވެ.
200 މެޗު، 6 ވޯލްޑް ކަޕް އަދި 16 ގޯލު: މެސީއަށް އެތައް ރެކޯޑެއް!
ކްރޭނުން ކޮންޓެއިނަރެއް ވެއްޓި ބޮޑެތި ގެއްލުންތަކެއް
ކައިވެނި ރޫޅުމުގައި ކުށްވެރި ކުރާނެ ދެވަނަ މީހަކު ނެތް: ޖޭލޯ
