ކަލާޒް ޓީވީއިން ގެނެސްދޭ އިންޑިއާގެ އެންމެ މަޝްހޫރު އެއް ރިއަލިޓީ ޝޯ "ބިގް ބޮސް" 16 ވަނަ ސީޒަން މިހާރު މިވަނީ ނިމުމަކާ ގާތަށް އައިސްފަ އެވެ. މިހަފްތާގައި މިފަހަރުގެ ސީޒަންގެ ގަދަ ފަސް ބައިވެރިން ހޮވިގެންދާއިރު އަންނަ ހަފްތާގައި މިސީޒަންގެ ފިނާލޭ ބޭއްވުމަށް ވަނީ ނިންމާފަ އެވެ.
ބިގް ބޮސްގެ 16 ވަނަ ސީޒަން އެހެން ސީޒަންތަކާއި ހިލާފަށް މިފަހަރުގެ ސީޒަންގައި "ބިގްބޮސް" ގެ ބައިވެރިވުން އިތުރަށް ވަނީ ފެނިގެން ގޮސްފަ އެވެ.
މިދިޔަ އަހަރު އޮކްޓޯބަރު މަހުން ފެށިގެން މިއަހަރު ފެބްރުއަރީ މަހަށް ކުރިއަށް ގެންދިޔަ ބިގްބޮސް 16 އަކީ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިގެން ދިޔަ ސީޒަންނެކެވެ.
ބިގް ބޮސް 16 އަށް މިހާރު ވަނީ ސީޒަނުގެ ފުރަތަމަ ހަތަރު ފައިނަލިސްޓެއް ހޯދައިފަ އެވެ. ޝޯގެ ފުރަތަމަ ފައިނަލިސްޓަކަށް ވެގެން ދިޔައީ ނިމްރިތު ކައުރު އަހުލުވާލިއާ އެވެ. އެންމެ ފަހު ރޭގެ އެޕިސޯޑުގައި އަޅުގަނޑުމެންނަށް ފެނުނީ، ޕްރިޔަންކާ ޗަހަރު ޗައުދަރީ، އަރްޗަނާ ގައުތަމް އަދި ޝަލީން ބަނޯޓް ފައިނަލަށް ވަންނަތަނެވެ
ބިގް ބޮސް 16 ގެ ގްރޭންޑް ފިނާލޭ އަންނަ ހަފްތާގައި އޮންނައިރު މިހަފްތާގައި ޝޯއިން މަޝްހޫރު ޓީވީ ބަތަލާ ސުމްބުލް ގެއިން ބޭރުވާނެ އެވެ.
މިހަފްތާ ފެށިގެންއައިރު ފުރަތަމަ ފައިނަލިސްޓަކަށް ޓީވީ ބަތަލާ ނިމްރިތު ކަށަވަރު ކޮށްފައިވާއިރު ގަދަ ފަހަކަށް ދެން ވާދަކުރަނީ
ސްޓެން، ޝިވް، އަރްޗަނާ، ޝަލީން އަދި ޕްރިޔަންކާ އެވެ. ބެލުންތެރިން ބުނާ ގޮތުގައި ޝަލީން ބަނޯޓްގެ ދަތުރު ނިމިގެން ދާނީ 6 ވަނަ މަގާމުގަ އެވެ. އެހެންކަމުން، ބިގް ބޮސް 16 ގެ ގަދަ 5 ފައިނަލިސްޓުންނަކީ:
1. ނިމްރިތު ކައުރު އަހުލުވާލިއާ
2. އެމްސީ ސްޓެން
3. ޝިވް ތަކަރޭ
4. އަރްޗަނާ ގައުތަމް
5. ޕްރިޔަންކާ ޗަހަރު ޗައުދަރީ
އެހެން އަހަރުތަކެކޭ އެފަދައިން މިފަހަރުގެ ސީޒަންގެ ގްރޭންޑް ފިނާލޭ ވެސް ދެ ބަޔަކަށް ބަހާލައިގެން ޓެލެކާސްޓް ކުރުން އެކަށީގެންވެ އެވެ. ފުރަތަމަ ބައި އޮންނާނީ އަންނަ ފެބްރުއަރީ 11 ވާ ހޮނިހިރު ދުވަހުގެ ރޭ 8 ޖަހާއިރު ކަމަށް ބެލެވެ އެވެ. ދެވަނަ ބައި ޓެލެކާސްޓް ކުރާނެ ކަމަށް ލަފާކުރެވުނީ ފެބްރުއަރީ 13 ވާ އާދީއްތަ ދުވަހު ހަމަ އެ ގަޑީގަ އެވެ. ވަނަވަނައަށް ހޮވޭ ފަރާތްތަކުގެ ނަން އިއުލާން ކުރާނީ އަންނަ އާދީއްތަ ދުވަހު އެވެ. ފިނާލޭ ބަލަން ބެލުންތެރިން ބަދަލުވާން ޖެހެނީ ކަލަރސް އެންޑް ވޫޓް އަށެވެ.