ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށާއި ޑެޕިއުޓީ މިނިސްޓަރު ކަމުގެ މަގާމަށް ދެ ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް އައްޔަން ކޮށްފައި ވަނީ އަހްމަދު އާދިލް ކަމަށެވެ. އާދިލް މިހާތަނަށް ހުންނެވީ ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމުގައެވެ. އަދި އޭނާ އަކީ އެމްޑީޕީ ގައުމީ މަޖިލީހުގެ މެމްބަރެކެވެ.
ހޫދު ވިދާޅުވިގޮތުގައި ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމަށް އައްޔަން ކުރައްވާފައި ވަނީ މަރިޔަމް ޚާލިދާއެވެ. އޭނާ އަކީ ފޮރިން ސެކްރެޓަރީ އަބްދުލްގަފޫރު މޫސާގެ އަނބިކަނބަލުންނެވެ.
ޚާލިދާ އަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ އިސް މަގާމުތައް އަދާކުރައްވާފައިވާ ބޭފުޅެކެވެ. އަދި އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަށްޓަކައި އެކުލަވާލި އެޑްވައިޒަރީ ބޯޑުގެ ޗެއާކަން ވެސް އޭނާ ކުރައްވާފައިވެ އެވެ.
ހެލްތު މިނިސްޓްރީއަށް އާ ސިޔާސީ ދެ ބޭފުޅަކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އައްޔަން މި ކުރެއްވީ ވެންޓިލޭޓަރުގެ ކޮރަޕްޝަން މައްސަލައަކާ ގުޅިގެން އެ މިނިސްޓްރީގެ ބައެއް ސިޔާސީ ބޭފުޅުން ސަސްޕެންޝަނުގައި ތިއްބެވި ދަނޑިވަޅެއްގަ އެވެ.

މިފަހަރު 3 ކަރުދާސްކޮޅު ލާން ޖެހޭނީ ވަކި 3 ފޮއްޓަށް: އީސީ
ސުވާލާއި ޖަވާބު: ލައިލަތުލް ގަދުރިއަކީ އޮނަހިރި ރެއެއްތަ؟
އިމާމުވެ ހުކުރު ކުރުމުގެ ހުއްދަ އިތުރު 26 ކުއްޖަކަށް

ބަސްތަކުގެ ޑީލުން ފިލީތޯ؟