އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އެޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން ނިންމާލުމުގެ ޖަލްސާ މިރޭ މާލޭގައި ބޭއްވުމަށް ތައްޔާޜުވަމުން އެބަދެ އެވެ.
މިޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ އާޓިފިޝަލް ބީޗްގަ އެވެ.
އިންތިޚާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންވެސް ވަނީ ކެމްޕެއިނަށް ވަރަށް ގިނަ ރަށްތަކަށް ވަޑައިގެންފަ އެވެ.
މިކެމްޕެއިންގައި ރައީސް ނަޝީދު ވަނީ ރައީސް ސޯލިހަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން އެމްޑީޕީން ރައްޔިތުންނަށް ވެފައިވާ ވައުދު ނުފުއްދޭ ކަމަށާއި، ރައީސް ސޯލިހު ސްލޯކަމަށް ވިދާޅުވެ ރައީސް ނަޝީދުވަނީ އެމަނިކުފާނުގެ އެންމެ ގާތް ރަހްމަތްތެރިޔާއަށް ފާޑުވިދާޅުވެފަ އެވެ. އަދި ވިދާޅުވީ އެމަނިކުފާނަށް ރައީސް ސޯލިހު ނުގުޅުއްވާތާ އަހަރެއްހާ ދުވަސް ވެއްޖެ ކަމަށެވެ.
މިރޭ ރައީސް ނަޝީދު ކެެމްޕެއިން ނިންމާ ޖަލްސާ ޢާޓިފިޝަލް ބީޗްގައި ބާއްވާއިރު ރައީސް ސޯލިހުވެސް ވަނީ މާލޭގައި ފޯރިގަދަ ޖަލްސާއެއް ބާއްވާފަ އެވެ. ރައީސް ސޯލިހުގެ ކެމްޕެއިން ނިންމާ ޖަލްސާ އޮތީ އައްޑީގަ އެވެ.