ރާއްޖޭގައި ދެވަނައަށް ރަޖިސްޓްރީކުރި ސިޔާސީ ޕާޓީ، ޑީއާރްޕީ އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމި މައްސަލަ ހައިކޯޓަށް ހުށަހަޅައިފި އެވެ.
އެ މައްސަލަ އެންމެ ފުރަތަމަ ހުށަހެޅީ ސިވިލް ކޯޓަށެވެ. ނަމަވެސް ސިވިލް ކޯޓުން ވަނީ އެއީ އެ މައްސަލަ ބެލުމުގެ އިހްތިސޯސް އެ ކޯޓަށް ލިބިގެން ނުވާ ކަމަށް ކަނޑައަޅާފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ލީޑަރުކަމުގެ ދަށުން ހިންގާ ޑީއާރްޕީ އުވާލަން ނިންމީ ސިޔާސީ ޕާޓީއެއްގައި ހަމަވާންޖެހޭ 3000 މެމްބަރުން ހަމަނުވުމުންނެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނު ބުނާގޮތުން 3000 މެންބަރުން ހަމަނުވާ ސިޔާސީ ޕާޓީތަކަށް މެންބަރުން ހަމަވުމަށް އެކަށީގެންވާ މުހުލަތު ދިނުމަށްފަހު އެކަން ނުކޮށްފިނަމަ އެ ޕާޓީއެއް އުވާލުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ލިބިގެންވެ އެވެ.
ޑީއާރްޕީ އުވާލަން ނިންމާފައި ވަނީ އެ ޕާޓީގެ ޓިކެޓްގައި ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަން ޖާބިރު އިއުލާން ކުރައްވާފައި ވަނިކޮށެވެ.
ގައުމީ ސަލާމަތަށް ނުރައްކާކުރި 466 މީހުން އީރާނުން ހައްޔަރުކޮށްފި
އިސްތަށިގަނޑު ތުނިވެ ބަލިކަށިވަނީ މިހެެންވެ ކަމަށް ވެދާނެ!
ކުޑަ ދަރިފުޅަށް ކާން ދޭން އުނދަގޫތަ؟
