މާ ގިނައިރު އިށީނދެގެން އިންނަ ނަމަ ކެންސަރު ޖެހުމުގެ ފުރުސަތު ދެގުނައަށް ބޮޑުވެގެންދާކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
"ޖާމާ އޮންކޮލޮޖީ"ގައި ޝާއިއުކޮށްފައިވާ މި ދިރާސާގައިވާ ގޮތުން އެއްތަނެއްގައި މާ ގިނައިރު އިށީނދެ އިނުމަކީ ކެންސަރުޖެހި އެކަމުގެ ސަބަބުން ފުރާނައަށް ވެސް އަސަރުކުރުވާ ކަމެކެވެ.
މި ދިރާސާގައި އިތުރަށް ބުނާ ގޮތުގައި ކޮންމެ 30 މިނަޓަކުން ކޮޅަށް ތެދުވެ، ލުއި ކަސްރަތެއް ކޮށްލުމަކީ ކެންސަރަށް އޮންނަ ފުރުސަތު ކުޑަވެގެންދާނެ ކަމެކެވެ.
މި ދިރާސާ ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ޑޮކްޓަރެއް ކަމުގައިވާ ޑރ. ސޫސަން ގިލްޗިރިސްޓު ވަނީ އިށީނދެ އިންނަ ވަގުތު މަދުކޮށް ހެލުފެލިވެ އުޅޭ ވަގުތު ގިނަ ކުރުމަށް ބާރު އަޅުއްވާފަ އެވެ.
މި ދިރާސާއަކީ 2009 ވަނަ އަހަރާއި 2013 ވަނަ އަހަރު ޖުުމްލަ 8000 މީހުން ހިމަނައިގެން، އެމީހުން އިށީނދެ ތިބޭ ވަގުތުތައް ޓްރެކް ކޮށްގެން ކުރި ދިރާސާ އެކެވެ.
މި ދިރާސާގައި ބައިވެރި ވިއިރު މިއިން އެއްވެސް މީހެއްގެ ގައިން ކެންސަރުގެ އަސަރެއް ފެނިފައެއް ނުވެ އެވެ. ނަމަވެސް ފަސް އަހަރު ފަހުން ވަނީ މީގެ ތެރެއިން 82 ޕަސެންޓް މީހުންގެ ގައިން ކެންސަރުގެ އަސަރު ފެނިފަ އެވެ.

ރޯދަ 2026: މުހައްމަދުއް ރަސޫލުﷲގެ އެކްޓަރުންނަށް ނަޒަރެއް!
ސުވާލާއި ޖަވާބު: ފިތުރު ޒަކާތް ނެރެންޖެހޭ އެންމެ ފަހު ވަގުތަކީ؟
އަލިފާނުގެ ސަބަބުން 10 ގޭގެ 77 މީހަކަށް ވަގުތީ ބޯހިޔާވަހިކަން