އިސްތަށި ފޭބުމަކީ ގިނަ ބަޔަކަށް ދިމާވެފައިވާ މައްސަލައެކެވެ. ޒުވާން އުމުރުގައި މާ ގިނައިން އިސްތަށި ފައިބާނަމަ އަބަދުވެސް ބޭނުން ކުރެވެނޭ ބާޒާރުގައި ވިއްކަން ހުންނަ ކޮންމެވެސް ޕްރޮޑަކްޓެކެވެ. އޭގެ ބަދަލުގައި ތިރީގައި މިވާ ބާވަތްތަކުގެ އަޖުމަ ބަލާލުން ރަނގަޅު ވާނެ އެވެ.

އެލޯވެރާ

އެލޯވެރާ އަކީ އިސްތަށިގަނޑަށް ވަރަށް ރަނގަޅު އެއްޗެކެވެ. އިސްތަށިގަނޑު ވަރުގަދަކޮށްދީ ބޯ ކެހުމުގެ މައްސަލައަށް ވެސް އެލޯވެރާއަކީ ރަނގަޅު އެއްޗެކެވެ. އެލޯވޭރާގައި ހުންނަ ޖެލްތައް ކަހާލުމަށް ފަހު، ބޮލުގައި އެ ޖެލް ހާކާށެވެ. އަދި އިސްތަށިގަނޑުގެ ބުޑުގައި ޖެލް އުނގުޅޭ ގޮތަށް ރަނގަޅަށް މަސާޖުކޮށްލާށެވެ.

ކާށިތެޔޮ

ކާށިތެލަކީ އިސްތަށި ފޭބުމުގެ މައްސަލައަށް ރަނގަޅު އެއްޗެކެވެ. ކާށިތެލުގައި ޕޮޓޭސިއަމް އެކުލެވޭތީ އިސްތަށި އިތުރުކޮށްދީ އިސްތަށިގަނޑު މޮއިސްޗަރައިޒް ކޮށްދިނުމުގެ އިތުރުން އިސްތަށިގަނޑު ވަރުގަދަކޮށްދެ އެވެ. ކާށިތެލުގައި އެކުލެވޭ ޕްރޮޓީންގެ ސަބަބުން އިސްތަށި ފޭބުމުގެ މައްސަލަ ހައްލު ކޮށްދެ އެވެ.

ބީޓްރޫޓް ޖޫސް

ގިނަ އަދަދަކަށް ވިޓަމިން ސީ އާއި ވިޓަމިން ބީ އަދި ޕޮޓޭސިއަމް ވެސް އެކުލެވޭ ބީޓްރޫޓަކީ އިސްތަށި ފޭބުމުގެ މައްސަލައަށް ހައްލު ހޯދުމަށް ގޭގައި އެންމެ އަވަހަށް ދެވިދާނެ އެއް ފަރުވާ އެވެ. ބީޓްރޫޓްގައި އެކުލެވޭ ބާވަތްތަކުގެ ސަބަބުން ވަރަށް އަވަހަށް އިސްތަށި ފޭބުން ކޮންޓްރޯލްކުރެވެ އެވެ.

ބިސް

ބިހުގެ ރީނދޫ ބަޔަކީ ވެސް ބޮލުގައި އުނގުޅަން ރަނގަޅު އެއްޗެކެވެ. ބިމުގެ ރީނދޫ ބަޔާ މާމުއި އަދި އޮލިވް އޮއިލް އެއްކޮށްލާށެެވެ. އަދި އިސްތަށިގަނޑުގައި ރަނގަޅަށް ހާކާލުމަށް ފަހު 20-25 އަކަށް މިނެޓް ބަހައްޓާށެވެ.