އުރްފީ ޖާވޭދްއަކީ އިންޑިއާގެ ނޫސްތަކާއި، އެކި ހަބަރުތަކުގެ ސުރުހީގައި ފަހަކަށް އައިސް ވަރަށް ގިނައިން ފެންނަ ނަމެކެވެ.
އުރްފީއާ ގުޅިގެން އެންމެ ގިނައިން ދެކެވޭ ވާހަކައަކީ އޭނާ ހެދުން އެޅުމުގައި ބަހައްޓާ ވައްޓަފާޅިއާ ގުޅިގެން ދެކެވޭ ވާހަކަތަކެވެ. އެކަމުގެ ސަބަބުން އޭނާއަށް އާންމުންގެ ތެރޭގައި ބޮޑު މަޝްހޫރުކަމެއް ލިބިފައިވާއިރު، އުރްފީއަށް މަލާމާތްކޮށް، ފާޑުކިޔާ މީހުން ވެސް މަދެއް ނޫނެވެ.
އެހެންނަމަވެސް އުރްފީގެ މަސައްކަތަށް އެންމެ ބޮޑު ތަރުހީބެއް ލިބިފައިވަނީ ބޮލީވުޑް ފިލްމު އިންޑަސްޓްރީންނެވެ.
ބޮލީވުޑްގައި މަސައްކަތް ކުރާ އެކި ތަރިންގެ ފަރާތުން އުރްފީއަށް ތައުރީފުގެ ބަސްތައް ކިޔާފައިވާއިރު، އުރްފީގެ އެކި ސްޓައިލްތަކަކީ ތަރިންގެ ހެދުން އެޅުމުގައި ނަގާ މިސާލަކަށް ވަނީ ވެފަ އެވެ.
އެގޮތުން ބޮލީވުޑްގެ މަޝްހޫރު ތަރި ސަނީ ލިއޯން ވެސް ދަނީ އުރްފީއަށް ތަރުހީބު ދެމުންނެވެ.
ސަނީ ބުނާގޮތުގައި އުރްފީ އަކީ މީހުންނާއި ގުޅޭ ހެޔޮ މިޒާޖެއްގެ ކުއްޖެކެވެ. އަދި އޭނާގެ ހެދުން އެޅުމުގެ ވައްޓަފާޅި ވެސް ތަފާތުވެފައި ރީތި ކަމަށް ސަނީ ބުނެފައިވެ އެވެ.
އުރްފީއަށް އޭނާގެ އުފެއްދުންތައް އާންމުންނަށް ދައްކައިލަނީ އަމިއްލައަށް އެ ހެދުން ލައިގެންނެވެ. އޭގެ ސަބަބުން ދުނިޔޭގެ ނަން މަޝްހޫރު ފެޝަން ޑިޒައިން ކުންފުނިތަކުގެ ނަޒަރު އުރްފީއަށް ހުއްޓުނު ނަމަވެސް އިންޑިއާގެ އާންމުން އުރްފީގެ ސްޓައިލް ސިފަކުރަނީ ޖޯކަރެއްގެ ގޮތުގަ އެވެ.
200 މެޗު، 6 ވޯލްޑް ކަޕް އަދި 16 ގޯލު: މެސީއަށް އެތައް ރެކޯޑެއް!
ދިރާގާއި މިނީސޯ ގުޅިގެން "ގެސް ދަ ސްކޯ" ޕްރޮމޯޝަން ފަށައިފި
"ކަނޑުއޮޅިން ދަތުރުކުރާއިރު ފީ ނަގާނީ ދާ ހިދުމަތަށް އެކަނި"
