އިގްތިސާދީ މި ދަތި ދަނޑިވަޅުން އަރައިގަތުމަށް ކޮންމެހެން ނިންމަންޖެހޭ ނިންމުންތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވަނީ އޭގެން ސިޔާސީ މަންފާއެއް ހޯއްދަވާކަށް ނޫން ކަމަށާއި ރައީސް އަބަދުވެސް އިސްކުރައްވަނީ ގައުމާއި ދިވެހި ރައްޔިތުންގެ ލާބައާއި މަންފާ ކަމަށް ފިނޭސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އަމީރު މިފަދައިން ވިދާޅުވީ ޖީއެސްޓީ ބޮޑު ކުރުމާއި ގުޅިގެން ގިނަ ބަޔަކު ފާޑުކިޔުންތައް ސަރުކާރަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައި ކުރެއްވި ޓްވީޓެއްގައި އެވެ.
މިނިސްޓަރު އަމީރު ވިދާޅުވީ އިގްތިސާދީ ދަތި ދަނޑިވަޅުން އަރައިގަތުމަށް ކޮންމެހެން ނިންމަންޖެހޭ ނިންމުންތައް ރައީސް ނިންމަވަނީ އޭގެއިން ސިޔާސީ މަންފާއެއް ހޯއްދަވާކަށް ނޫން ކަމަށެވެ.
އަދި ސިޔާސީ ބާރުވެރިކަން ހޯދަން ކުރާ މަސައްކަތުގެ ތެރޭގައި އިގްތިސާދީ ސިޔާސަތުތައް "ކޮމްޕްރޮމައިޒް" ވުމުން އޭގެ ގެއްލުން ބޮޑުކަން ކައިރި ގައުމުތަކުން ވެސް ވަނީ ފެނިފައިވާ ކަމަށްވެސް މިނިސްޓަރުގެ ޓްވީޓްގައި ފާހަގަ ކުރެއްވި އެވެ.
އަމީރު ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ބާރަށް ކުރިއަރަމުން އަންނަ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ވެސް ބުނެފައިވާ ކަމަށާއި އޭއީ ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށް ސަރުކާރުން ގެންގުޅުނު އިގްތިސާދީ ސިޔާސަތުގެ ނަތީޖާ ކަމަށެވެ.
"ދިވެހި އިގްތިސާދު މިވަނީ ބަލިމަޑުކަމުގެ ކުރިން އޮތް ހިސާބަށް އަނބުރާ ރުޖޫއަވެފައި. 2022 ވަނަ އަހަރަށް އަޅުގަނޑުމެން އަމާޒު ހިފި 1.6 މިލިއަން ފަތުރުވެރިން މިހާރު ވަނީ ރާއްޖެ ޒިޔާރަތްކޮށްފައި. މި އަހަރު 1.8 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރާނެ ކަމަށް ލަފާކުރެވޭ،" އަމީރު ވިދާޅުވި އެވެ.
ޖީއެސްޓީ އަށް ޕަސެންޓަށް އަދި ޓީޖީއެސްޓީ 16 ޕަސެންޓަށް އިއްޔެ އިން ފެށިގެން ވަނީ ބޮޑުކޮށްފަ އެވެ. މިއީ ރައްޔިތުންނަށް ކުރިމަތިކުރުވި ވަރަށް ބޮޑު ދައްޗެއް ކަމުގެ ފާޑުކިއުންތައް ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.
ނުހައްގުން ކުއްހޯދަހޯދާގެން އުފައްދާގެން މީހުންޖަލައްލަނީ ސިޔާސީ މަންފާއެއް ހޯދަންނޫންއެހެން ކޮއްކަމަކަންތަ ވ ފޫހި