މަގާމުގެ މުއްދަތު ހަމަވެގެން ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަލީ ޚާލިދާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަމީމު މަގާމުން ވަކިވެވަޑައިގެންފި އެވެ.

އެހެންވެ ޕްރައިވެޓައިޒޭޝަން ބޯޑުން ވަނީ ޕީއެސްއެމްގެ ހިންގުން އެކުންފުނީގެ ޕްރޮކިއުމަންޓް ޑިރެކްޓަރު މުޙައްމަދު ސައީދުއާ ހަވާލުކޮށްފަ އެވެ.

މަގާމުގެ ދައުރު ހަމަވެގެން ރައީސް އޮފީހަށް އެންގި ނަމަވެސް ޕްރައިވެޓައިޒޭޝަން ބޯޑަށް ރައީސް އޮފީހުން ނަންތަކެއް ފޮނުވާފައިނުވާ ކަމަށް އެ ބޯޑުން ބުންޏެވެ.

އަލީ ޚާލިދުގެ ދައުރު ހަމަވެފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އަދި ޝަމީމްގެ ދައުރު ހަމަވެފައިވަނީ މިއަދެވެ. އަލީ ޚާލިދާއި ޝަމީމް މަގާމުން ވަކިކުރަން އުޅޭ ކަމުގެ އަޑުތަކެއް މީގެކުރިން ފެތުރުނެވެ. އަދި ޕީއެސްއެމްގެ އެމްޑީ އާއި ޑީއެމްޑީގެ މަގާމަށް މީޑިއާ ދާއިރާގެ ތަޖުރިބާކާރު ބައެއް ބޭފުޅުންނަށް ސަރުކާރުން އޮފާ ވެސް ކުރި އެވެ، ނަމަވެސް އެބޭފުޅުން ސަރުކާރުގެ އޮފާ ގަބޫލެއް ނުކުރައްވަ އެވެ.

އެނގިފައިވާގޮތުގައި ޕީއެސްއެމްގެ އެމްޑީ އާއި ޑީއެމްޑީގެ މަގާމަށް އައްޔަން ކުރާނެ ބޭފުޅުންނާ މެދު ސަރުކާރުގެ އިސްވެރިންގެ ލެވެލްގައި މިހާރު ދަނީ މަޝްވަރާ ކުރަމުންނެވެ.