އިންޑިއާއިން ނުރުހޭނަމަ ޖަލަށް ވެސް ލެވިދާނެ ކަމަށާއި އެހެން ނަމަވެސް އެމަނިކުފާނުގެ އަޑު ކަނޑުވައެއް ނުލެވޭނެ ކަމަށް ވިދާޅުވެ، އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން ސަރުކާރަށާއި އިންޑިއާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.
މިމަހުގެ 25 ވަނަ ދުވަހު ތާވަލް ކޮށްފައިވާ އެމަނިކުފާނުގެ ހުކުމް އިއްވުމުގެ އަޑުއެހުމަށް އިޝާރާތް ކުރައްވަމުން ވިދާޅުވީ، "މޯދީ ހިތްހަމަނުޖެހެންޏާ މާދަމާ ނޫން އަނެއް ދުވަހު ވެސް ޖަލަށް ދާން ޖެހިދާނެ" ކަމަށާއި އެކަމަކު އެ މަނިކުފާނުގެ ވިސްނުން ބަދަލު ނުކުރެވޭނެ ކަމަށެވެ.
"ރައީސް ޔާމީންގެ އަޑެއް ކަނޑުވައެއް ނުލެވޭނެ. ރައީސް ޔާމީންގެ އަޒުމަކަށް ބަދަލެއް ނާންނާނެ. އެހެންވީމާ އިންޑިއާ ކިތަންމެ ރުޅި އަޔަސް އިންޑިއާ މިހާރު ރާއްޖޭގައި ކުރާ ކަންތައްތަކަކީ އަޅުގަނޑުމެން ނަފްރަތު ކުރާ ކަންކަން،" ޔާމީން ވިދާޅުވި އެވެ. އަދި "މޯދީ ހިތްހަމަ ނުޖެހުނަސް އަޅުގަނޑު ބުނާނީ 'އިންޑިއާ އައުޓް'،" ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
ރާއްޖެއަކީ އިންޑިއާގެ ސަރަހައްދެއް ނޫން ކަމަށާއި އެ މަނިކުފާނަކީ އިންޑިއާއަށް ވިކޭނެ ލީޑަރެއް ނޫން ކަމަށް ވެސް ޔާމިން ވިދާޅުވި އެވެ. އަދި އިންޑިއާ އަކީ ނިއުކްލިއާ ބާރަކަށް ވިޔަސް މި ރާއްޖޭގައި އެހެން ނުތިބެވޭނެ ކަމަށާއި، އިންޑިއާ މީހުން ފައިބަން ގޮވާލަނީ، ރާއްޖެއަކީ އެ މަނިކުފާނުގެ ވެސް ގައުމަށް ވާތީ ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން އެއްވެ އުޅުމާ ހިޔާލު ފާޅު ކުރުމުގެ މިނިވަން ކަމަކީ ގާނޫނު އަސާސީން ލިބިދޭ ހައްގެއް ކަމަށާއި މިކަން ނުހުއްޓުވޭނެ ކަމަށާއި އެމަނިކުފާނުގެ ޝުއޫރުތައް ވެސް ނުހިފެހެއްޓޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. މީގެ އިތުރުން މިއީ އިންޑިއާގެ އަވަށެއް ނޫން ކަމަށާއި އިންޑިއާގެ ބާރު ހިނގާ ތަނެއް ވެސް ނޫން ކަމަށާއި އިންޑިއާ ސިފައިން ރާއްޖެއިން ފޭބުން ނޫން ގޮތެއް ނެތް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީންގެ މައްޗަށް މާދަމާ ބޭއިންސާފުގެ މަގުން ހުކުމް ނުއިއްވޭނެ މަގު ތަނަވަސް ކޮށްދެއްވައި އަދި ރައީސް ޔާމީންގެ މައްޗަށް ބޭއިންސާފުގެ މަގުން ހުކުމް އިއްވަން ރޭވި ހުރިހާ ފަރާތް ތައް ފަޅާ އަރުއްވާދެއްވާ އެބައިމީހުން މިދުނިޔެ މަތީގައި ފަލީހަތް ކޮށްދެއްވާ އަދި އެބައިމީހުންގެ މައްޗަށް ކޯޓްގެ ގާޒީ މާދަމާ ހުކުމް އިއްވާނެ ގޮތް މެދުވެރިކުރައްވާނދޭނވެ...
އިންޑިޔާ އައުޓް