ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަރަށް ބޮޑަށް ތައުރީފު ކޮށް ވާހަކަ ދައްކަވައިފި އެވެ.
ޝާހިދު ރައީސް ސޯލިހަށް މިހާ ބޮޑަށް ތައުރީފު ކުރެއްވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށްޓަކައި ރައީސް ސޯލިހްގެ ކެމްޕޭން ޖަގަހަ ހަރަކާތް ފެށުމުގެ ގޮތުން ރޭ ބޭއްވި ޖަލްސާގަ އެވެ.
ޝާހިދު ވިދާޅުވީ އެމަނިކުފާނަކީ ތަފާތު ހިޔާލުތަކަށް ޖާގަދެއްވައިގެން ކެތްތެރިކަމާ އެކު ވެރިކަން ކުރައްވަމުން ގެންދަވާ ބޭފުޅެއް ކަމަށެވެ. އެގޮތުން ވިދާޅުވީ މިވެރިކަން ނިމޭއިރު ސާފު ބޯފެއް ނުލިބޭ އެއްވެސް ރަށެއް ނޯންނާނެ ކަމަށެވެ. އަދި ބޭނުން ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ރިޔާސީ ދެވަނަ ދައުރަކަށް އިންތިހާބުކޮށްދިނުމާއެކު އެމްޑީޕީގެ ވެރިކަން އެތައް ޒަމާނަކަށް ކުރިއަށް ގެންދަން ކަމުގައި ވެސް ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ ގާނޫނާއި ގަވައިދުތަކަށް އިހުތިރާމްކުރާ، ތަފާތު ހިޔާލަށް ޖާގަދޭ ވެރިއެއް ބޭނުންވާ ކަމަށާއި އަން ކޮށްދެވޭނީި ރައީސް ޞާލިޙަށް ކަމަށެެވެ.
“ބޭނުން ވަނީ ދިވެހިރާއްޖޭގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ކެތްތެރި ކުޅަދާނަ ވެރިކަން ބާއްވަން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި މަސައްކަތް ނިންމާނީ އަނެއްކާވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނަގާ ވެރިކަމުގައި ބައިންދާފައި،" ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ އެތައް ރަށަކަށް ކުރިމަތިވެފައި އޮތް ބަނދަރުގެ މައްސަލަ މިސަރުކާރުން ހައްލުކޮށްދީފައިވާ ކަމަށާއި ހިލޭ ޑިގްރީއަށް ކިޔެވޭނެ ގޮތް ވެސް ހަދައިދީފައިވާ ކަމަށެވެ. އެގޮތުން މިހާތަނަށް 15،000 ކުދިންނަށް ހިލޭ ޑިގްރީ އަށް ކިޔަވައިދީފައިވާ ކަމަށް ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ ރާއްޖެއަށް ދެން ވެސް ހެޔޮ ގޮތް ގެނެސްދޭނީ އެމްޑީޕީގެ ރީނދޫ ކުލަ ކަމަށެވެ.