ރާއްޖޭގެ އުތުރުގެ ސަރަހައްދުތަކަށް ތޫފާނެއްގެ އަސަރެއް ނެތް ކަމަށް ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ބުނެފި އެވެ.
މެޓުން މިހެން ބުނީ ކުޅުދުއްފުށީ ސިޓީ ހިމެނޭ ހެން އުތުރުގެ ސަރަހައްދަށް ތޫފާނެއް އަރަމުންމުންދާ ކަމަށް ބައެއް މޫސުމާ ބެހޭ އެޕްލިކޭޝަންތަކުން ދެއްކުމާ ގުޅިގެންނެވެ. އެހެން ނަމަވެސް ރާއްޖޭގެ ދެ މޫސުން ބަދަލުވާ ދުވަސްވަރު ވައި ގަދަވާނެކަން ފާހަގަކޮށް މެޓުން ބުނީ މިފަހަރު ވެސް އެހެން އަހަރުތެކޭ ފަދައިން ވައި ގަދަވާނެ ކަމަށް ބުންޏެވެ.
ހަމަ އެހެންމެ ރާއްޖެ އަށް މިވަގުތު ކުރަމުންދާ ވިއްސާރައަކީ ދެ މޫސުން ބެދޭ ދުވަސްވަރު ކޮންމެ އަހަރަކު ވެސް ކުރާ ވިއްސާރައެއް ކަމަށާއި، ހަފްތާއެއްހާ ދުވަހަށް މިގޮތަށް މޫސުން ދެމިގެން އޮތުން އެކަށީގެންވާ ކަމަށް މެޓުން ލަފާކޮށްފައިވެ އެވެ.
މެޓުން އެންމެ ފަހުން ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފައި ވަނީ ހއ. އަތޮޅުން ފެށިގެން ށ. އަތޮޅަށެވެ.
މިދުވަސްވަރު ރާއްޖެއަށް މޫސުން ބަދަލުވުމުގެ އިތުރުން އިންޑިއާގެ ހިމާލިއާ ސަރަހައްދުން އަންނަ ހިރަފުހާއި ދުމުގެ އަސަރު ވެސް ވަނީ ބޮޑުވެފަ އެވެ.
ހާލަންޑްގެ ދެ ލަނޑާއެކު ނޯވޭ މުބާރާތް ފެށީ ފަސޭހަ މޮޅަކުން
މޯލްޑިވް ގޭހުން ވިއްކާ ބޮޑެތި ގޭސް ފުޅިތަކުގެ އަގު ބޮޑުކޮށްފި
200 މެޗު، 6 ވޯލްޑް ކަޕް އަދި 16 ގޯލު: މެސީއަށް އެތައް ރެކޯޑެއް!
