ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ޖަގަހަތައް ހިންގަން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކާ ހަވާލުކޮށްފި އެވެ.
ރައީސް ސޯލިހު ވަނީ ވެރިކަމުގެ ދެވަނަ ދައުރަަކަށް ކުރިމަތިލެއްވުމަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ރަސްމީ ގޮތުން ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ވަމުންނެވެ.
އެމަނިކުފާނު ވަނީ އިންތިހާބަށް ކެމްޕޭން ކުރުމަށްޓަކައި ކެމްޕޭނު އޮފީހަކާއި ކެމްޕޭން މެނޭޖަރެއް ހަމަޖައްސަވައިފަ އެވެ. ރައީސް ސޯލިހުގެ ކެމްޕޭން އޮފީސް ގާއިމްކޮށްފައި ވަނީ ސޯލްޓް ކެފޭގަ އެވެ.
އެގޮތުން ރައީސް ސޯލިހުގެ ކެމްޕެއިން ޖަގަހަތައް ހިންގަން ރީކޯ މޫސައާ ހަވާލުކުރީ ރޭ ސޯލްޓް ކެފޭގައި ރައީސް ސޯލިހު ބޭއްވި ބައްދަލުވުމެއްގަ އެވެ. އަދި ކެމްޕޭން މެނޭޖަރެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ރައްޔިތުން މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަދި މާލިއްޔަތު ކޮމިޓީގެ މުގައްރިރު މުހައްމަދު ނާޝިޒެވެ.
ރައީސް ސޯލިހުގެ އިތުރުން ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ރަސްމީކޮށް އިއުލާން ކުރައްވާފައިވެ އެވެ.
އެއްވެސް ރަށެއްގެ ހެޑްލީސް ވިއްކާލަން ނިންމާފައިނުވާނެ:އެމްޓީޑީސީ
ހުޅުމާލެ ލަކުޑި ޖެޓީ މަރާމާތުކުރަން ފަށައިފި
އެމްޓީސީސީ 30،000 ރުފިޔާއިން ޖޫރިމަނާކޮށްފި
