ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ކަންނާޑާ ފިލްމު "ކޭޖީއެފް: ޗެޕްޓާ 2" ގެ ތަރި ޔަޝް، އޭނާއަށް ސަޕޯޓުކުރާ 700 އަށް ވުރެ ގިނަ ފޭނުންނާ އެކު ފޮޓޯ ނަގައިފި އެވެ.
ފަހަކަށް އައިސް ބޮލީވުޑް ފަހަތަށް ޖައްސައި، ސައުތު އިންޑިއާގެ ފިލްމުތައް ދަނީ ބެލުންތެރިންގެ ހިތްތައް ފަތަހަ ކުރަމުންނެވެ. އެއާ އެކު އެފިލްމުތައް ކުޅޭ އެކްޓަރުން ދެކިލުމަކީ މިއަދު ގިނަ ބައެއްގެ ހުވަފެނެކެވެ.
ސައުތު އިންޑިއާގައި އެންމެ ފަހުން ރިލީޒްވި އެންމެ ހިޓް ފިލްމެއްގެ ގޮތުގައި ކޭޖީއެފް ހިމެނޭއިރު، ފިލްމު ނިކުތުމަށްފަހު ޔަޝްއަށް އާންމުން ކުރާ އިހުތިރާމާއި ގަދަރު ވަނީ ދިހަ ގުނައަށް އިތުރުވެފަ އެވެ.
ދާދި ފަހުން 700 އަށް ވުރެ ފޭނުން އޭނާ ދެކިލުމަށް ގޮސް، އޭނާއާ އެކު ފޮޓޯ ނަގާފައިވާއިރު، އެތަން ދައްކުވައިދޭ ވީޑިއޯތަކާއި ފޮޓޯތައް މިހާރު ދަނީ ސޯޝަަލްމީޑިއާގައި އާންމުވަމުންނެވެ.
ކޭޖީއެފް ފިލްމުގެ ކާމިޔާބީއަށް ބަލާއިރު އެ ފިލްމު ރިލީޒްވިތާ ފުރަތަމަ ދުވަހު 165 ކްރޯރު ރުޕީސްގެ ފައިދާއެއް ލިބިފައިވެ އެވެ. އަދި ދެވަނަ ދުވަހު 139 ކްރޯރު ރުޕީސްގެ ފައިދާއެއް ލިބިފައިވާއިރު، މުޅިއަކު ފިލްމަށް މިހާތަނަށް 304 ކްރޯރު ރުޕީސްގެ ފައިދާއެއް ލިބިފައިވެ އެވެ.
"ކޭޖީއެފް: ޗެޕްޓާ 2" އަކީ 2018 ވަނަ އަހަރުގެ ނުކުތް "ކޭޖީއެފް: ޗެޕްޓާ 1" ގެ ސީކުއަލް އެވެ. މި ފިލްމް ގިނަ ބަޔަކަށް ކަމުގޮސްފައިވާއިރު، އެކި ބަސްތަކުން ފިލްމު ދައްކާފައިވެ އެވެ.
މިސްރަށް ވޯލްޑް ކަޕްގައި ފުރަތަމަ މޮޅު، އީރާނަށް ޕޮއިންޓެއް
ސެޓުގައި މީހަކު މަރުވުމުން 40 ލައްކަ ރުޕީސްގެ ބަދަލު ދީފި
ބެކަމް އާއިލާގެ ކޯޅުމަށް ނަޒަރެއް: ކާކު ބުނީ ކީކޭ؟
