ފެމިލީ ކޯޓު ރިސެސްއަށް ހިނގައްޖެ އެވެ.
ފެމިލީ ކޯޓުން ބުނީ މި މަހުގެ 16 ވަނަ ދުވަހުން ފެށިގެން 31 އަށް އެ ކޯޓު އޮންނާނީ ރިސެސްގައި ކަމަށެވެ.
ރިސެސްގެ މުއްދަތުގެ ތެރޭގައި މައްސަލަތައް ހިންގުން މަދުކުރެވޭނެ ކަމަށާއި ނަމަވެސް ފޯމު ބަލައިގަތުމާއި ކައިވެނިކޮށްދިނުމާއި އެ ނޫން ވެސް އިދާރީ ކަންކަން މެދުކެނޑި ކުރިއަށްދާނެ ކަމަށް ފެމިލީ ކޯޓުން ބުންޏެވެ.
ފެމިލީ ކޯޓުން އިތުރަށް ބުނީ ރިސެސްގެ މުއްދަތުގެ ތެރޭގައި ކޯޓުގެ ގާޒީންނާއި މުވައްޒަފުންނަށް ތަމްރީން ޕްރޮގްރާމްތައް ހިންގުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ.
މިއީ ފެމިލީ ކޯޓު މިއަހަރުގައި ރިސެސްއަށްދާ ދެވަނަ ފަހަރެވެ.
މިނިވަން ނޫސްވެރިކަމުގެ އިންޑެކްސް އިން ރާއްޖެއަށް ވެއްޓުމެއް
އަލުން ހަމަލާދީފިނަމަ ވަރުގަދަ ރައްދެއް ދޭނެކަމުގެ އިންޒާރު ދީފި
އުރަމަތީ ކެންސަރަށް ހާއްސަ ފުރަތަމަ ޑޮކްޓަރަކަށް ޑރ. އަލްތާފް