ގުޅީފަޅުގައި ހުންނަ އެމްޓީސީސީގެ އެކެމަޑޭޝަން ބްލޮކުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
އެމްއެންޑީއެފް އިން ބުނީ އެ ހާދިސާގެ މައުލޫމާތު ލިބުނީ މިރޭ 12:31 ހާއިރު ކަމަށެވެ. އަލިފާން ނިއްވުމުގެ މަސައްކަތުގައި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސްގެ ޓީމުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމުގެ މައުލޫމާތެއް ނުލިބެ އެވެ.
މިފަހުން މާލޭގައި ވެސް ވަނީ އަލިފާނުގެ ތިން ހާދިސާއެއް ހިނގައި ގެއްލުންތަކެއް ލިބިފަ އެވެ. އޭގެތެރެއިން އެންމެ ބޮޑު ހާދިސާއަކީ ދާދިފަހުން މ. ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާއެވެ. އެ ހާދިސާގައި 10 މީހަކު ވަނީ މަރުވެފަ އެވެ.
ހާލަންޑްގެ ދެ ލަނޑާއެކު ނޯވޭ މުބާރާތް ފެށީ ފަސޭހަ މޮޅަކުން
ފުވައްމުލަކު އެއާޕޯޓު ސަރަހައްދުގައި އޭޓީއެމް ސެންޓަރެއް
ޖޯޑަންގެ ކޯޗު ބުނީ ޓީމާމެދު ފަހުރުވެރިވާ ކަމަށް
