އުމުރުން 28 އަހަރުގެ ނިޝާމާ މުހައްމަދުގެ މަރުގެ ތުހުމަތުކުރެވޭ އޭނާގެ ފިރިމީހާ އދ. ފެންފުށީ، ރޯސީވިލާ، އަބޫބަކުރު ފައިސަލް ހައްޔަރުކޮށްފައި ވަނިކޮށް އަމިއްލައަށް މަރުވާން އުޅެފި އެވެ.
އެނގިފައިވާ ގޮތުގައި ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގެ ކޮޅީގެ ތެރޭގައި ފައިސަލް ދަންޖެހިފައި ހުއްޓައި ފެނިގެން އޭނާ ވަނީ ކުޅުދުއްފުށީ ރީޖިނަލް ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.
މިކަމާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފައިސަލް ބަންދުކޮށްފައި ހުރިތަނުގައި ދަންޖެހެން މަސައްކަތް ކުރަނިކޮށް މިރޭ 23:15 ހާއިރު ފުލުހުންނަށް ފެނިފައިވާ ކަމަށެވެ.
އޭނާއަށް ކުޅުދުއްފުށީ ރީޖިނަލް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުންދާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
ނޮޅިވަރަމުން ވާހަކަ ދެއްކި ދެ މީހަކު ބުނީ، އެ އަންހެން މީހާ މަރުވި ހާދިސާއާ ފިރިމީހާއާ ގުޅުވައިގެން ވާހަކަދައްކަމުން އަންނަ ކަމަށެވެ. އެގޮތަށް ރަށު ތެރޭގައި ވާހަކަ ދެކެވޭ ދެ ސަބަބެއް އެބައޮތް ކަމަށް ވެސް އެ މީހާ ބުންޏެވެ. އެއް ކަމަކީ، އަނބިމީހާ ހޭނެތިފައި އޮއްވާ، ފިރިމީހާ އެ ރަށުން ފުރައިގެން ދިއުމާއި، އެ ދެމަފިރިންގެ ދޭތެރޭގައި މައްސަލަ ޖެހިގެން އުޅޭތާ ދުވަސްތަކެއް ވެފައި ވުމެވެ.
ހިމަބިއްސާ ގުޅޭ ސުވާލުތަކަށް މިނިސްޓަރުގެ ޖަވާބެއް ނެތް
އެމެރިކާ އާއި އީރާނުގެ އެއްބަސްވުން ނިމުނީ: ޓްރަމްޕް
ވަޒީފާއިން ކަނޑަނީ ސަރުކާރާ ދެކޮޅު މީހުން ކަމަށް ބުނެ ގަރާރެއް
