ބޮމެއް ގޮއްވާލާނެ ކަމަށް ލިބުނު އިންޒާރަކާ ގުޅިގެން ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން އައްޑޫގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަން ހައްޔަރުކުރި މީހަކު ހައިކޯޓުން ދޫކޮށްލާފައި ވަނިކޮށް، ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން އޭނާ އަލުން ހައްޔަރުކޮށްފި އެވެ.
ހައިކޯޓުން ދޫކޮށްލީ އެ މައްސަލައިގައި ހައްޔަރުކުރި ސ. މަރަދޫ ފޭދޫ، އާޒާ، މުޙައްމަދު ގައިސް އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.
އޮފިޝަލް ވިދާޅުވީ ގައިސް އަލުން ހައްޔަރުކުރީ އޭނާ މުޖުތަމައުގެ ތެރެއަށް ދޫކޮށްލާފައި ބަހައްޓައިފިނަމަ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލެވޭތީ ކަމަށެވެ.
ސިފައިންނާއި ފުލުހުން ގުޅިގެން މާލެ އާއި އައްޑޫގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި 14 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.
އެ އޮޕަރޭޝަނާ ގުޅިގެން ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެފައި ވަނީ ފުލުހުންނާއި ސިފައިން އެ ފެއިލްކޮށްލީ ވަރަށް ނުރައްކާތެރި ހަމަލާއެއް ކަމަށެވެ.
ފުލުހުން ބުނެފައި ވަނީ އެ މީހުން ރޭވީ ގިނަ ބައެއްގެ ފުރާނައަށް ނުރައްކާވާފަދަ ހަމަލާއެއް ކަމަށެވެ. އެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހެއްގެ ގެ ބަލައި ފާސްކުރިއިރު ގޮވާތަކެތި ތައްޔާރުކުރަން ބޭނުންކުރާ މާއްދާއެއް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ސެންޓުގެ ވަސް ގިނައިރު ދެމެހެއްޓޭނެ ގޮތެއް!
ދަރިފުޅު ބޭނުންވާ ކަންތައް ނުކުރެވޭ ކަމަށް އެންޖެލީނާ ބުނީ ކީއްވެ
ޖެކީ ޗެންގެ މިލްކިއްޔާތުން ދަރިންނަށް ހިއްސާއެއް ނެތް!
