ވޯލްޑްކަޕާ ދިމާކޮށް ލައްކައަކަށް ވުރެ އަގުހުރި އިނާމުތަކާއެކު، ވާލީ އިންޓަނޭޝަނަލް އިން ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
މި ޕްރޮމޯޝަން އަންނަ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދަން ނިންމާފައިވެ އެވެ.
މި ޕްރޮމޯޝަންގައި އެއްވަނަ އިނާމަކަށް ދެ މީހަކަށް ތުރުކީވިލާތުގައި ޗުއްޓީ ހޭދަކުރުމަށް ޕެކޭޖެއް ދޭން ހަމަޖެހިފައިވެ އެވެ. ދެވަނަ އިނާމަކަށް އައިފޯން 14 ޕްރޯ މެކްސްއެއް އަދި ތިން ވަނަ އިނާމަކަށް ޕްލޭސްޓޭޝަން-5 އެއް ފީފާ-23 އަކާއެކު ދޭން ވަނީ ކަނޑައަޅައިފަ އެވެ. އޭގެ އިތުރުން އިތުރު ނުވަ އިނާމެއް ވެސް ދޭން ނިންމާފައިވެ އެވެ.
އެ އިނާމުތަކުގެ ތެރޭގައި ހިމެނެނީ ޒަމާނީ ރީތި ބެޑްރޫމް ސެޓެއް، 65 އިންޗީގެ ޓީވީއެއް، ފްރިޖެއް، ދޮންނަ މެޝިނެއް، 9000 ބިޓީޔޫގެ އެއާކޯނެއް، ޕާފިއުމް ގިފްޓް ޕެކެއް، ޑޮނާ ކެބާބް ގިފްޓް ޕެކެއް، މޫވިންޕިކް އައިސްކްރީމް ގިފްޓް ޕެކެއް އަދި ވާލީ އިންޓަނޭޝަނަލްގެ ގިފްޓް ޕެކެކެވެ.
މި ޕްރޮމޯޝަންގައި ދެ ގޮތަކަށް ބައިވެރިވެވޭނެ އެވެ. އެއްގޮތަކީ ވާލީ އިންޓަނޭޝަނަލް އިން ހިންގާ ސިސްޓާ ކުންފުނިތައް ކަމަށްވާ ޑޯނާ ކެބާބް މޯލްޑިްސް، މޫވިން ޕިކް އައިސް ކްރީމް އަދި ލެ ޕާފިއުމް ވާލީ ސްޓޯރްގެ ފޭސްބުކް އަދި އިންސްޓަގްރާމް ޕޭޖްތަކުގައި ޝެއާ ކޮށްގެން ބައިވެރިވުމެވެ.
ފޭސްބުކް ޕޭޖްގައި ހިމެނޭ ޕޯސްޓް ޝެއާ ކޮށްގެން ޕްރޮމޯޝަންގައި ބައިވެރިވުމަށް ޕޯސްޓްް ޝެއާ ކުރުމުގެ ކުރިން ޕޯސްޓަށް ލައިކްކޮށް، ހަތަރު ރަހުމަތްތެރިން ޓެގް ކުރަން ޖެހޭނެ އެވެ. އަދި ވާލީ އިންޓަނޭޝަނަލްގެ ކުންފުނިތަކުގެ ޕޭޖްތައް ފޮލޯ ކުރަން ޖެހޭނެ އެވެ. އެއަށްފަހު ސްޓޯރީގައި ޕޯސްޓް ޝެއާ ކުރަން ޖެހޭނެ އެވެ.
ދެވަނަ ގޮތަކީ ޑޯނާ ކެބާބް މޯލްޑިވްސް އިން ކުރާ ކޮންމެ އޯޑަރެއް، އޮޓޯމެޓިކް އިން މި ޕްރޮމޯޝަން ބައިވެރިވެވޭ ގޮތް ވުމެވެ.
ވާލީ އިންޓަނޭޝަނަލް އިން ކުރިއަށް ގެންދާ ޕްރޮމޯޝަނަކީ ވޯލްޑްކަޕާއި ދިމާކޮށް ކުރިއަށް ގެންދާ އެންމެ އަގުހުރި އިނާމުތައް ލިބޭ އެއް ޕްރޮމޯޝަނެވެ.