ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ކެޓްރީނާ ކައިފާއި ވިކީ ކޯޝަލްގެ ފުރަތަމަ އެނިވާސަރީ ފާހަގަ ކުރުމަށް ރާއްޖެ އަންނަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ބޮލީވުޑް ހަބަރުތައް ގެނެސްދޭ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުން ކެޓްރީނާ އާއި ވިކީގެ ކައިވެނީގެ ފުރަތަމަ އެނިވާސަރީ ފާހަގަ ކުރުމަށް ނިންމާފައި ވަނީ ރާއްޖޭގަ އެވެ.
ވިކީ އާއި ކެޓްރީނާ ކައިވެނި ކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ނުވަ ވަނަ ދުވަހު އެވެ.
މީގެ ކުރިން ވެސް އެ ދެ ފަންނާނުން ވަނީ ރާއްޖެ އައިސްފަ އެވެ. އެއ ކެޓްރީނާގެ އުފަންދުވަސް ފާހަގަ ކުރުމަށެވެ. އެ ފަހަރު އެމީހުން ރާއްޖެއަށް އައިސްފައި ވަނީ ރަހުމަތްތެރިނާއި އާއިލާ މީހުންނާއެކު އެވެ. އެހެންނަމަވެސް މިފަހަރު އެމީހުންގެ އެނިވާސަރީ ފާހަގަ ކުރުމަށް ރާއްޖެއަށް އައުމަށް ނިންމާފައިވަނީ އެ ދެމީހުން އެކަނި އެވެ.
ކެޓްރީނާގެ ފިލްމީ މަސައްކަތްތަކަށް ބަލާއިރު ކުރިއަށް ތިން ފިލްމެއް އެބަ އޮތެވެ. އެއީ "މޭރީ ކްރިސްމަސް" އާއި "ޓައިގާ 3" އަދި "ފޯނު ބޫތު" އެވެ. ވިކީއަށް ބަލާއިރު އޭނާގެ ވެސް ކުރިއަށް ފިލްމުތަކެއް އެބަ ހުއްޓެވެ. އޭގެ ތެރޭގައި "ތަހުތު" އާއި "ގޯވިންދާ ނާމް މޭރާ" ފިލްމު ހިމެނެ އެވެ.
އެއްވެސް ރަށެއްގެ ހެޑްލީސް ވިއްކާލަން ނިންމާފައިނުވާނެ:އެމްޓީޑީސީ
މަންޑޭއަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނައިބުކަން ދީފި
މަހުދީގެ މަރުގެ ސެޓްފިކެޓް ބަދަލުނުކޮށްދޭތީ އާއިލާގެ ކަންބޮޑުވުން
