ދޯހާ (26 ނޮވެމްބަރު) – ކިލިއަން އެމްބާޕޭގެ ދެ ލަނޑާއެކު ޑެންމާކް 2-1 އިން ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް ވޯލްޑް ކަޕްގެ ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ.
މި އަހަރުގެ ވޯލްޑް ކަޕްގެ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކުރި ފުރަތަމަ ޓީމަށް ފްރާންސް ވެގެންދިޔައީ ގުރޫޕް ޑީގައި މިހާތަނަށް ކުޅުނު ދެ މެޗުން ވެސް މޮޅުވެގެންނެވެ. ފުރަތަމަ މެޗުގައި ފްރާންސް ވަނީ އޮސްޓްރޭލިއާ އަތުން މޮޅުވެފައެވެ.
އެމްބާޕޭ ފްރާންސަށް ލީޑު ހޯދައިދިނީ މެޗުގެ 61 ވަނަ މިނިޓުގައެވެ. އެކަމަކު އޭގެ ހަތް މިނިޓު ފަހުން ޑެންމާކްގެ އަންދްރެސް ކްރިސްޓެންސަން ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.
މެޗުގެ ފަހުކޮޅު، ދެ ޓީމަށް ވެސް ލީޑު ނަގަން ފުރުސަތުތަކެއް ލިބުނެވެ.
އެކަމަކު މެޗުގެ 86 ވަނަ މިނިޓުގައި އެންޓުއާން ގްރީޒްމަން ހުރަސްކޮށްލި ބޯޅައެއް ގޯލުގެ ތެރެއަށް ވައްދާލައި، އެމްބާޕޭ ވަނީ ފްރާންސް އަށް ތިން ޕޮއިންޓް ހޯދައިދީފައެވެ.
ފަހި ފުލެޓުތައް ކައިރިން ކުނި ނައްތާލަން 13.5 މިލިއަން ހަރަދުވި
ނިދީގައި ކުޅު ފައިބަނީ ކީއްވެ؟ މިއީ ސިއްހީ މައްސަލައެއްތަ؟
ބާލީސްތައް އެންމެ ފަހުން ބަދަލުކުރީ ކޮން އިރަކު؟
