ކޮންމެ މީހަކު ވެސް ވަރުގަދަ ރީތި އިސްތަށިގަނޑެއް ބޭނުންވެ އެވެ. ދެ ޖިންސުގެ މީހުންވެސް މެ އެވެ. ނަމަވެސް އިސްތަށި ފޭބުމަކީ އެކަމަށް ދިމާވެފައިވާ ވަރަށް ބޮޑު ހުރަހެކެވެ. ތިރީގައި މި ގެނެސްދެނީ ދިގު އިސްތަށިގަނޑެއް ބޭނުން ނަމަ ކުރެވިދާނެ ކަންކަމެވެ.

ބިސް

ބިހަކީ އޭގައި ޕްރޮޓީން ގިނަ އަދަދަކަށް ހިމެނޭ އެއްޗެކެވެ. އަދި ޕްރޮޓީން އަކީ އިސްތަށިގަނޑަށް ކޮންމެހެން ބޭނުން ތެރި މާއްދާ އެކެވެ. އެހެންކަމުން ބިހުގެ ހުދު ބަޔާއި (އެގް ޔޯކް) ރީނދޫ ބައި ވަކި ކުރުމަށް ފަހު، ހުދު ބައިގެ ތެރެއަށް އެއް ސަމުސާ އޮލިވް އޮއިލް އަދި ކުޑަ މާމުއި ފޮދެއް އެއްކޮށް ގިރާލާށެވެ. ދެން އެ ޕޭސްޓު ގަނޑު މުޅި ބޮލުގައި އުނގުޅާށެވެ. 20 މިނެޓު ބެހެއްޓުމަށް ފަހު، ޝޭމްޕޫ ލައިގެން ބޯ ދޮވެލާށެވެ.

ދޮންކެޔޮ ޕޭސްޓު

ދޮންކޭލަކީ ވެސް އިސްތަށިގަނޑު ދިގުވުން އަވަސްކޮށްދޭ އެއްޗެއް ކަމަށް ދިރާސާ ދަރުން ވަނީ ދައްކާފަ އެވެ. ދޮންކެޔޮ ރަނގަޅަށް މޮޑެލުމަށް ފަހު ބޮލުގައި ހާކާށެވެ. އެއަށްފަހު އިސްތަށިގަނޑު އެކީ ފޮރުވޭ ގޮތަށް ބޮލުގައި ކޮތަޅެއް އަޅާށެވެ. 20 ވަރަކަށް މިނެޓު ބެހެއްޓުމްށް ފަހު ދޮވެލާށެވެ.

ކާށި ތެޔޮ

ކާއްޓަކީ ވެސް އިސްތަށިގަނޑަށް ވަރަށް ފައިދާ ހުރި އެއްޗެކެވެ. ކާއްޓެއްގެ ފެނާއި ލުނބޮއެއްގެ ހުތް އެއްކުރުމަށް ފަހު ބޮލުގައި އުނގުޅާށެވެ. ފަސް ގަޑިއިރު ބެހެއްޓުމަށް ފަހު ބޯ ދޮވެލާށެވެ.