ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އަމާޒުކޮށްގެން ހިލޭ ކަސްރަތު ޕްރޮގްރާމްތަކެއް ހިންގުމަށް ރިދަމް ފިޓްނަސްއާއިއެކު އެޗްޑީސީން އެމްއޯޔޫ އެއްގައި މިއަދު ސޮއިކޮށްފި އެވެ.
އެ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފެވެ. އަދި ރިދަމް ފިޓްނަސްގެ ފަރާތުން ސޮއިކުރެއްވީ އެތަނުގެ ވެރިޔާ އަޒީރާ ސޯދިގެވެ.
އެޗްޑީސީއިން ބުނީ މި އެއްބަސްވުމުގެ ދަށުން ދޮށީ އުމުރުގެ އަންހެނުންނަށް ހިލޭ ކްލާސްތަކެއް ރިދަމް ފިޓްނަސްއިން ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
އެ ޕްރޮގްރާމާ ބެހޭ މައުލޫމާތު ރިދަމް ފިޓްނަސްގެ އިންސްޓަގްރާމް ޕޭޖުން އާންމުންނަށް ފޯރުކޮށްދެވިގެންދާނެ އެވެ.
އެޗްޑީސީން ބުނިގޮތުގައި މި އެއްބަސްވުމުގެ އެންމެ ބޮޑު އެއް މަގްސަދަކީ ހުޅުމާލެގައި ދިރިއުޅޭ އުމުރުން ދުވަސްވީ މީހުންނަށް ދުޅަހެޔޮ ސިއްހަތެއްގައި ހުރުމުގެ މަގުފަހިކޮށްދިނުމެވެ. އެގޮތުން، މި އެއްބަސްވުމުގެ ދަށުން ދޮށީ އުމުރުގެ އަންހެނުންނަށް ހިލޭ ކްލާސްތަކެއް ރިދަމް ފިޓްނަސްއިން ނަގައި ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
އައިއެސްޑީބީން ރާއްޖެ އަށް 4 ލައްކަ ޑޮލަރުގެ ހިލޭ އެހީއެއް
އަހަންނަކީ އެހާ މޮޅު އެކްޓަރެއް ނޫން: ސަލްމާން
ބީއެމްއެލްގެ އިންޓާންޝިޕް ޕްރޮގްރާމަށް 25 އިންޓާނުން ހޮވައިފި