ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަންގެ މުވައްޒަފުންނަށް ހާއްސަކޮށް ފްލެޓް މަޝްރޫއެއް ކުރިއަށް ގެންދަން ނިންމައިފި އެވެ.
ހުޅުމާލޭގެ ބިންތައް ބަލަހައްޓާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އައިލެންޑް އޭވިއޭޝަނާ ދެމެދު އިއްޔެ ވަނީ މި ބޯހިޔާވަހިކަމުގެ މަޝްރޫއަށް ބޭނުންވާ ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު ސޮއިކުރެއްވިއިރު، އައިލެންޑް އޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް އެވެ.
މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ލިބިފައިވާ 12،000 އަކަފޫޓަށްވުރެ ބޮޑު ބިމެއްގަ އެވެ. ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހާމަކުރެއްވި ގޮތުގައި ބިން ލިބުމާ އެކު މިހާރު ދަނީ އަމަލީ މަސައްކަތްތައް ފެށުމަށް ތައްޔާރުވަމުންނެވެ. އަދި މި އިމާރާތުގައި ހިމެނޭނެ ފްލެޓުތަކުގެ ތަފްސީލީ މައުލޫމާތު ކުރިއަށް އޮތް ތަނުގައި އާންމުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިއީ ސަރުކާރުގެ ބޮޑެތި ކުންފުނިތަކުން ހުޅުމާލޭގައި މުވައްޒަފުންނަށް ހާއްސަކޮށްގެން ހިންގާ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެކެވެ. މީގެ ކުރިން ވެސް ރާއްޖޭގެ އެކި ކުންފުނިތަކުން ވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ކާމިޔާބުކަމާއެކު މިފަދަ މަޝްރޫއުތައް ނިންމައި މުވައްޒަފުންނަށް ފްލެޓްތައް ހަވާލުކޮށްފަ އެވެ.
އެގޮތުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވަނީ ދެ ޓަވަރެއްގެ މައްޗަށް އެކުލެވޭ 384 އެޕާޓްމަންޓް ހަދައި މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދީފައެވެ. އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަދި ސްޓެލްކޯ ފަދަ ހިދުމަތްދޭ ބޮޑެތި ކުންފުނިތަކުން ވެސް ވަނީ މުވައްޒަފުންނަށް ހާއްސަ ޓަވަރުތައް ބިނާކޮށްފައިވެ އެވެ.
ވަޒީފާއިން ކަނޑަނީ ސަރުކާރާ ދެކޮޅު މީހުން ކަމަށް ބުނެ ގަރާރެއް
ސަލްމާންއާ ޖެެހުނު މައްސަލާގައި އެހީވީ އަކްޝޭ: ވިވެކް