ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ހޯމް މިނިސްޓްރީގެ ނައިބުގެ މަގާމަށް ގއ. ނިލަންދޫ، ލިލީމާގޭ، އަޝްރަފް ޢަލީ މިއަދު ޢައްޔަނު ކުރައްވައިފި އެވެ.
އަޝްރަފް ޢަލީ ވަނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީއިން 2016 ވަނަ އަހަރު މާސްޓާސް ޑިގްރީ އިން ލެންގުއޭޖެ އެންޑް ކަލްޗާ ހާސިލްކުރައްވާފަ އެވެ.
މި މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން އަޝްރަފް ޢަލީ ވަނީ އެވިޑް ކޮލެޖްގެ ފެކަލްޓީ އޮފް އާޓްސް އެންޑް ކަލްޗާގެ ޑީންގެ މަގާމާއި، އަލިމަސް އެކަޑެމީގެ ރައީސްގެ މަގާމާއި، ދިވެހި ބަހުގެ އެކަޑެމީގެ ރައީސްގެ މަގާމު ފަދަ މަގާމުތައް ފުރުއްވާފަ އެވެ.
މީގެ އިތުރުން އަޝްރަފް ޢަލީއަށް ވަނީ ސާކް ލިޓްރަރީ އެވޯޑް 2019 ވަނަ އަހަރު ލިބިވަޑައިގަންނަވާފަ އެވެ.
ކަސްރަތުކުރާ ވަގުތުގެ ގޮތުން ނަތީޖާއަށް ބަދަލު އާދޭތަ؟
ހުޅުމާލެ މަގުތައް ހަދަން ހަވާލުކުރީ 91.8 މިލިއަން ރުފިޔާއަށް
ޕްރައިމަރީ ކާމިޔާބު ކުރާނީ މީހުންގެ މަހާއި ކަށި ނުކައި: އާޒިމް