ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސާހްރުކް ހާން ލީޑް ރޯލުން ފެނިގެންދާ ފިލްމު "ޑަންގީ" ޝޫޓިންތައް ސައުދީ އަރަބިއްޔާގައި މިހާރު ވަނީ ފަށާފަ އެވެ.
މި ޝޫޓިންތަކުގައި ބައިވެރިވުމަށް ޝާހްރުކް ވަނީ ސައުދީއަށް ގޮސްފަ އެވެ.
މިއީ ޑައިރެކްޓަރު ރާޖް ކުމާރު ހިރާނީއާ އެކު ސާހްރުކް މަސައްކަތް ކުރާ ފުރަތަމަ ފަހަރު އެވެ.
މިއަހަރުގެ އޭޕްރީލް މަހު އިއުލާން ކުރި މި ފިލްމު ސިނަމާތަކަށް އަންނާނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހު ކަމަށް ފިލްމު އުފައްދާ ފަރާތްތަކުން ބުނެ އެވެ.
ޝާހްރުކް ހާން ލީޑް ރޯލުން ފެނިގެންދާ ޑަންކީ އަކީ އެކްޓަރުގެ އެންމެ ގިނަ ބަޔަކު އިންތިޒާރުކުރާ އެއް ފިލްމެވެ. މިއީ ޑައިރެކްޓަރު ރާޖްކުމާރު ހިރާނީއާ އެކު ޝާހްރުކް އެންމެ ފުރަތަމަ ފިލްމެވެ.
އެއީ ރާޖްކުމާރު ހިރާނީ ޕްރޮޑިއުސްކޮށް ޑައިރެކްޓްކޮށްފައިވާ ފިލްމެއް ކަމަށާއި ކޯ ޕްރޮޑިއުސްކޮށްފައި ވަނީ ގައުރީ ހާނެވެ.
ރާޖް ކުމާރު ހިރާނީ ޑައިރެކްޓް ކުރާ ފިލްމްގެ ޝޫޓިން މިހާރު ކުރިއަށް ދަނީ ސައުދި އަޔަބިޔާގައިއެވެ.
"ޑަންގީ" އަކީ ހިޖުރުކުރުމާ ގުޅޭ ގޮތުން ހަދާ ސޯޝަލް ކޮމެޑީއެކެވެ. މީގެ މަންޒަރުތަކެއް ކުރިން އިންޑިއާ އާއި އިނގިރޭސިވިލާތާއި ހަންގޭރީގައި ވެސް ނަގާފައިވެ އެވެ.
ފިލްމްގެ ޓިމުން މިހާރު ސައުދީގައި ހަރަކާތްތެރި ވަމުން އަންނަ އިރުގައި ހަބަރުތަށް ބުނާގޮތުގައި 12 ވަރަކަށް ދުވަސް ޝޫޓިން އަށް ހޭދަވާނެ އެވެ.
ޝާހު ޖިއްދާ އަށް ގޮސް ސުޕަމާކެޓެއްގެ ތެރޭ އުޅެނިކޮށް މީހުންނަށް ފެނިގެން ވީޑިއޯ އާއި ފޮޓޯ ނަގައި ސޯޝަލް މީޑިއާގައި އާއްމު ކޮށްފައިވެ އެވެ.
ތާޕްސީ ޕަންނޫ އާއި ޝާހު މުހިއްމު ރޯލުތަކުން ފެންނަ "ޑަންގީ" ރިލީޒް ކުރާނީ އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހު އެވެ.