އެސްޓީއޯގެ އިޔާ އެންޑް ސޭލް ބޮޑެތި އިނާމްތަކާއެކު ފަށައިފި އެވެ.
އެސްޓީއޯއިން ބުނީ އަންނަ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގެ ތެރޭގައި 80 އިންސައްތަ އާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށެވެ.
މިއީ އެސްޓީއޯއިން މިއަހަރުގެ ތެރޭގައި ބާއްވާ އެންމެ ބޮޑު ސޭލް އެވެ. ސޭލްގެ ތެރެއިން 500 ރުފިޔާ އިން މަތީގެ ވިޔަފާރިއެއް ކުރާ ފަރާތްތަކަށް ޕްރޮމޯޝަނެއްގައި ބައިވެރިވެވޭނެ އެވެ.
އެސްޓީއޯއިން ބުނިގޮތުގައި، މި ޕްރޮމޯޝަނުގައި ހާއްސަ ލަކީޑްރޯއެއް ވެސް ކުރިއަށްދާނެ އެވެ.
ލަކީޑްރޯއިން އެއްވަނައަށް ހޮވޭ ނަސީބުވެރިޔާއަށް 64 އިންޗީގެ ޓީވީއަކާއި ސައުންޑް ސްޕީކާ ސިސްޓަމެއްގެ އިތުރުން ރެފްރިޖިރޭޓާ އެއް ލިބޭނެ އެވެ. އަދި ދެވަނަ އިނާމަކަށް 15،000 ރުފިޔާގެ ގިފްޓް ވައުޗަރެއް ލިބޭއިރު ތިންވަނަ އިނާމަކަށް ލިބެނީ 5،000 ރުފިޔާގެ ގިފްޓް ވައުޗަރެކެވެ.
ގިފްޓު ވައުޗަރު ބޭނުންކޮށްގެން އެސްޓީއޯގެ ފިހާރަތަކުން ވިޔަފާރިކުރެވޭނެ ކަމަށް އެކުންފުނިން ބުނެ އެވެ.
މާލެއާއި އަތޮޅުތަކުގައި ހިންގާ އެސްޓީއޯ ފިހާރަތަކުގައިވެސް ކުރިއަށް ގެންދާ މި ޕްރޮމޯޝަން މިއަހަރުގެ ނިޔަލަށް ކުރިއަށް ގެންދާނެ ކަމަށް ވެސް އެސްޓީއޯއިން ބުންޏެވެ.

އިމާމުވެ ހުކުރު ކުރުމުގެ ހުއްދަ އިތުރު 26 ކުއްޖަކަށް
ހާރުދަމުގެ ކެއުމުގައި މި ބާވަތްތައް ހިމަނަންތަ؟
ާރަމަޟާން މަހުގެ 27 ވިލޭރޭ ހަރަމްފުޅު ފުރި ބާރުވެއްޖެ