ގދ. ފަރެސްމާތޮޑާއިން ފުރައިގެން ހަތަރު މީހުންނާއެކު ދަތުރުކުރަމުން ދިޔަ "ލިއޯ ސަކްސަސް" ނަމަކަށް ކިޔާ ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލައި މީހަކު ގެއްލިއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ، މިއަދު މެންދުރު 1:30 އެހާކަންހާއިރު ބަންޑުން ޖަހާލާފައި ވަނީ ހަތަރު މީހުންނާއެކު ދަތުރުކުރަމުން ދިޔަ "ލިއޯ ސަކްސަސް" ނަމަކަށް ކިޔާ ކޮޅުވެއްޓިއެއް ކަމަށެވެ.
ފަރެސްމާތޮޑާއިން ފުރައިގެން 14 މޭލު ބޭރުން ދަތުރުކުރަމުންދިޔަ އެ ކޮޅުވެއްޓި ބަންޑުން ޖަހާލީ ބެޓެރި ފެއިލްވެ، ދިޔަވުމުގެ ސަބަބުން ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ، އެ ހާދިސާގައި ކަނޑުވި ތިން މީހުން ގދ. ވާދޫ ސީ ވީޑް ދޯނި ހަރަކާތްތެރިވެ ސަލާމަތް ކޮށްފައިވާ ކަމަށެވެ. އަދި ގެއްލުނު މީހާ ހޯދުމުގެ މަސައްކަތުގައި ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަނުން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށް ބުންޏެވެ.
މި ހާދިސާގައި ގެއްލިފައިވަނީ ބިދޭސީއެކެވެ.
ބާލީސްތައް އެންމެ ފަހުން ބަދަލުކުރީ ކޮން އިރަކު؟
މަގު ކޮންނަނިކޮށް އާރްޑީސީ މުވައްޒަފަކަށް ބޮޑެތި އަނިޔާތަކެއް
އެރިއާނާގެ އެންމެ ފަހުގެ ފެނިލުމާއެކު ކަންބޮޑުވުންތަކެއް!
