މެންދަމުން އަލިވާ ފަހުން ހޭލެވެނީ އެވެ. ދެން ނިނޖެއް ނާދެ އެވެ. ފަތިސް ވަންދެން އޮވެވެނީ އެވެ. މިއީ އަހަރުމެންގެ ތެރެއިން ގިނަ ބަޔަކަށް ދިމާވާ ކަމެކެވެ.
މާހިރުން ވިދާޅުވާ ގޮތުގައި މިކަން މިހެން މެދުވެރިވަނީ އިންސާނާއަށް ނިދި ޖައްސައިދޭ މެލަޓޮނިން ހޯމޯންގެ ބާރު ދަށްވުމުގެ ސަބަބުންނެވެ.
މިގޮތަށް އާއްމުކޮށް ކަންވާނަމަ ޑޮކްޓަރީ ފަރުވާ ހޯދުން އެދެވިގެންވެ އެވެ. އެހެން ނަމަވެސް އޭގެ ކުރިން އަމިއްލައަށް ކުރެވިދާނެ ބައެއް ކަންކަން ވެސް ހުރެ އެވެ.
އެންމެ ފުރަތަމަ ކަމަކަށް ނިދުމުގެ ކޮލިޓީ ދަށްކޮށްދޭ ފަދަ ކާބޯތަކެއްޗާ ނިިދުމުގެ ކުރިން ދުރުވާން ޖެހެ އެވެ. މީގެ ތެރޭޭގައި އެނާޖީ ބުއިންތަކާއި ކެލޮރީ ގިނަ ކެއުންތައް ހިމެނެ އެވެ.
ދަންވަރު ހޭލެވުނު ނަމަވެސް ފޯނާ ކުޅެން އޮތުމަކީ ރަނގަޅު ގޮތެއް ނޫނެވެ. ހޭލެވުމާއެކު އަނެއްކާވެސް ލޯ މަރައި ނިދަން މަސައްކަތް ކުރާށެވެ. ފޯނުގެ އަލިން ނިދި އިތުރަށް ގެއްލޭނެ އެވެ.
އެގޮތުން ވެސް ނިދަން އުނދަގޫވެއްޖެނަމަ ތެދުވެ ހިނގާލާށެވެ. ނިދާ ކޮޓަރިން ނުކުމެ ކުޑަކޮށް ހިނގާލުމަށްފަހު އަނބުރާ އައިސް ނިދަން މަސައްކަތް ކުރާށެވެ.
މިއިން އެއްވެސް ކަމަކުން ވެސް ހެއްލު ނުލިބޭނަމަ ސިއްހީ އެހީތެރިކަން ހޯދާށެވެ.
އަމިއްލަ ނަފްސަށް ކުރާ އިތުބާރު ބޮޑު ކުރަން 7 އުސޫލެއް!
ތުރުކީގެ ކުންފުންޏަކުން ރާއްޖޭގައި 300 މިލިއަން ޑޮލަރުގެ ރިސޯޓެއް
މަރުވެފައިވާ މީހުންގެ އެކައުންޓުތަކަށް 10 މިލިއަން ރުފިޔާ ޖަމާވި