ދިވެހިންގެ ތެރޭގައި ވެސް މަޝްހޫރު ލުއިކާނާއެއް ކަމަށްވާ "މަމީ މޮންސްޓާ" ނޫޑުލްސްގެ ބާނީ މަރުވެއްޖެ އެވެ.
މެލޭޝިއާގެ ނޫސްތަކުން ބުނާ ގޮތުގައި ދަތުކް ޕޭންގް ޗިން ހިން މަރުވީ އުމުރުން 96 އަހަރުގަ މިދިޔަ ހޮނިހިރު ދުވަހު ހެނދުނު އެވެ. އޭނާ މަރުވި އިރު ތިން އަންހެން އަދި ތިން ފިރިހެން ދަރިން ތިއްބެވެ.
މެލޭޝިއާއަށް ނިސްބަތްވާ ޗިން ހިން އިންސްޓަންޓް ނޫޑްލްސް ފެކްޓަރީއެއް ހުޅުވުމުގެ ކުރިން މަސައްކަތް ކުރީ ކާރު ޑީލަރެއްގެ ގޮތުގަ އެވެ.
1972 ވަނަ އަހަރު އެންމެ ފުރަތަމަ ފަހަރަށް ޗިން އިންސްޓަންޓް ނޫޑުލްސް ޕެކެޓެއް ނެރުނީ ލަކީ އިންސްޓަންޓް ނޫޑުލްސްގެ ނަމުގަ އެވެ. އެހެން ނަމަވެސް އެ ވިޔަފާރި މާ ކާމިޔާބު ވާގޮތެއް ނުވި އެވެ.
ޗިން ހިންއަށް މޮންސްޓާ އިންސްޓަންޓް ނޫޑްލްސްގެ ޚިޔާލު އައީ ބަޔަކު މީހުން ނުކައްކާ ރޮލަށް އަދި ސީދާ ޕަކެޓުން އިންސްޓަންޓް ނޫޑުލްސް ކާ ތަން ފެނިގެންނެވެ.
މި ޚިޔާލާއެކު ނޫޑްލްސް ޕަކެޓަށް ފްލޭވާ އިތުރުކޮށް ނެރުނު މޮންސްޓާ ނޫޑުލްސް ވީ ކުޑަކުދިންގެ އިތުރުން ބޮޑުމީހުންގެ މެދުގައި ވެސް މަގުބޫލު ކެއުމަކަށެވެ.

ދިރާގުން ފިތުރު އީދާ ގުޅިގެން ސައުދީއަށް ހިލޭ ގުޅޭނެ
ފްލައިޓެއް ތެރޭ ހަމަނުޖެހުން ހިންގި ދިވެއްސަކު ހައްޔަރު ކޮށްފި
އީދުގައި ސަލްމާންގެ ފިލްމެއް ނެތް، ސިނަމާތައް ފަޅުވެފައި!