ވޮޝިންޓަން (12 ޑިސެމްބަރު ) - ފައިޒާ އަދި ބަޔޯ އެން ޓެކުން ކޮވިޑް-19 އަށް އުފެއްދި ވެކްސިން އެމެރިކާގެ ޕައިލެޓުންނާއި އެއާ ޓްރެފިކް ކޮންޓްރޯލަރުން ބޭނުންކުރުމަށް ހުއްދަ ދީފި އެވެ.
އެމެރިކާގެ ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފްއޭއޭ) އިން ބުނިގޮތުގައި ކޮވިޑް ވެކްސިން ބޭނުން ކުރަން ހުއްދަދިނީ އެމަޖެންސީގައި ބޭނުން ކުރުމުގެ ހުއްދަ އެގައުމުގެ އެފްޑީއޭ އިން ދިނުމާއި ގުޅިގެންނެވެ.
ވެކްސިން ޖެހުމަށްފަހު 48 ގަޑިއިރު ވަންދެން ޕައިލެޓުން ދަތުރު ނުކުރުމަށާއި އަދި އެއްވެސް އެހެން ޑިއުޓީއެއް ނުކުރުމަށް ވަނީ އިލްތިމާސް ކޮށްފަ އެވެ. އަދި ވެކްސިން ދެވުނު ފަރާތްތަށް މޮނިޓާ ކުރުމުން ގެންދާނެ ކަމަށާއި، ވެކްސިންއަށް ރެސްޕޮންޑް ކުރާ މިންވަރަކުން ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ބައެއްކަންކަން ބަދަލުކުރަމުން ގެންދާނެކަމަށެވެ. -- ރޮއިޓާސް

އީރާނުގެ ސަލާމަތާ ބެހޭ ވެރިޔާ އަވަހާރަކޮށްލައިފި
އީރާނުން ގަލްފުގެ ގައުމުތަކަށް ދޭ ހަމަލާތައް ވަރުގަދަކޮށްފި
ކަސްޓަމާއި ކަރެކްޝަން މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފި
