"ކޭޖީއެފް 2"ގެ ކާމިޔާބީއަށް ފަހު ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަންޖޭ ދަތު މިހާރު ބޭނުން ވަނީ ސައުތު އިންޑިއަން ފިލްމުތަކުގައި މަސައްކަތް ކުރަންކަން އޭނާ ބުނެފި އެވެ.
ކެންސަރު ބައްޔަށް ފަރުވާ ހޯދުމަށްފަހު ފިލްމީ ދާއިރާއަށް އަލުން އެނބުރި ސަންޖޭ ދަތު އައިސްފައި ވަނީ ސައުތު އިންޑިއަން ފިލްމެއް ކަމަށްވާ "ކޭޖީއެފް 2" އިންނެވެ. މި ފިލްމުގައި ސަންޖޭގެ ރޯލަށް ގިނަ ބަޔަކު ތައުރީފު ވަނީ ކޮށްފަ އެވެ. އަދި މި ފިލްމަކީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ފިލްމެކެވެ.
ސަންޖޭ ދަތު މިހާރު މަސައްކަތް ކުރަމުން އަންނަނީ ޑައިރެކްޓަރު ޕްރޭމްގެ "ޕެން އިންޑިއަށް" ފިލްމުގައި އެވެ.
ދާދި ފަހުން ދިން އިއްޓަވިއުއްގައި ސަންޖޭ ބުނެފައި ވަނީ އޭނާ އިތުރު ސައުތު ފިލްމުތަކުގައި މަސައްކަތް ކުރަން ބޭނުންވާ ކަމަށެވެ. އަދި ސައުތު ފިލްމެއްގައި ލީޑް ރޯލު ކުޅެއް ކެތްމަދުވެފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
ސަންޖޭ ދަތު އެންމެ ފަހު ފެނިފައިވަނީ ރަންބީރު ކަޕޫރާއި ވަނީ ކަޕޫރު ލީޑް ރޯލުން ފެނިގެންދިޔަ "ޝަމްޝޭރާ" އިންނެވެ.

ރޯދަ މަލާފަތް: އަނގަައަށް މީރު ކަނަމަދު ކޭކު!
އީރާނުގެ އަލީ ލަރިޖާނީ އަވަހާރަކޮށްލާފައިވާ ކަަމަށް ބުނެފި
ހުޅުމާލޭ ގެއެއްގައި ރޯވެ، ހަތް މީހަކަށް ވަގުތީ ބޯހިޔާވަހިކަން