އޮސްޓްރިއަން އެއާލައިންސްގެ ސީދާ ދަތުރުތައް ރާއްޖެއަށް ފަށަން ނިންމައިފި އެވެ.
ފިނި މޫސުމާ ދިމާކޮށް ފަށާ މި ދަތުރުތައް ކުރުމަށް ހަމަޖެހިފައި ވަނީ އޮސްޓްރިއާގެ ވިއެނާއާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު އެވެ.
އޮސްޓްރިއަން އެއާލައިންގެ ދަތުރުތައް ކޮންމެ އަންގާރަ ދުވަހު ކުރާއިރު، ހަފްތާއަކު ތިން ދަތުރު އެ އެއާލައިނުން ރާއްޖެއަށް ކުރާނެ އެވެ.
އޮސްޓްރިއާއަކީ ޔޫރަޕުން އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ.
ޓޫރިޒަމް މިނިސްޓްރީ އާއި މޯލްޑިވްސް އިމިގްރޭޝަންގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ސެޕްޓެމްބަރު މަހުގެ ނިޔަލަށް އޮސްޓްރިއާއިން ރާއްޖެއަށް 17،000 އަށް ވުރެ ގިނަ ޓޫރިސްޓުން އައިސްފައިވެ އެވެ.
އަހަރުގެ ފަހުކޮޅު ނުވަތަ ފިނި މޫސުމާއި ދިމާކޮށް 60 މަންޒިލަކަށް އޮސްޓްރިއަން އެއަރލައިނުން ދަނީ ދަތުރުތައް ފެށުމަށް ތައްޔާރުވަމުންނެވެ.

ރަމަޟާން މަހު ޖިއްދާގެ މި މިސްކިތަށް އިތުރު ހާއްސަ ކަމެއް!
އިންތިހާބާ ދިމާކޮށް ކުށްވެރިން ދޫކޮށްލާނެ ކަަމަށް ބުނެ އޮޅުވާލަނީ
ާރަމަޟާން މަހުގެ 27 ވިލޭރޭ ހަރަމްފުޅު ފުރި ބާރުވެއްޖެ