ތެހްރާން (19 އޮކްޓޯބަރު) - އީރާނުން ރަޝިއާއަށް އިތުރު ސާފެސް މިސައިލްތަކާއި ޑްރޯންތަކެއް ފޮނުވަން އެއްބަސްވެފައިވާ ކަމަށް އެ ގައުމުން ބުނެފި އެވެ.
މި އެއްބަސްވުމަކީ މިމަހުގެ ކުރީކޮޅު ރަޝިއާއަށް ވަަޑައިގެންނެވި އީރާނުގެ ނާއިބު ރައީސް މުހައްމަދު މުކްބަރާއި އީރާން ރިވޮލޫޝަނަރީ ގާޑްސް ކޯޕްސް (އައިއާރްޖީސީ)ގެ ދެ އޮފިޝަލުންގެ ޒިއާރަތުގެ ތެރެއިން ބޭއްވި މަޝްވަރާތަކުގައި ވެވުނު އެއްބަސްވުމެކެވެ.
އީރާނުގެ އޮފިޝަލަކު ވިދާޅުވީ ރަޝިއާއިން އިތުރު ބެލިސްޓިކް މިސައިލްތައް ފޮނުވަން އެދިފައިވާ ކަމަށާއި މި މިސައިލްތަކަކީ ކުރިއަށް ވުރެ ފެންވަރު ރަނގަޅު މިސައިލްތަކަކަށް ވާނެ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ އީރާނުން ރަޝިއާއަށް ފޮނުވާ ޑްރޯންތައް ރަޝިއާއިން ބޭނުންކުރަނީ ކޮން ކަމަކަށް ކަން އެ ގައުމުން ނުބަލާ ކަމަށާއި މިހާރު ކުރިއަށްދާ ޔޫކުރެއިން ހަނގުރާމައިގައި އީރާނަކީ އެއްވެސް ކޮޅަކަށް ބުރަނުވާ ގައުމެއް ކަމަށެވެ.
މިކަމާ ގުޅިގެން ރަޝިއާއިން ވަކި އެއްޗެއް ބުނެފައި ނުވާއިރު، ޔޫކްރެއިން ހަނގުރާމައިގައި ރަޝިއާއިން އީރާނުގެ ޑްރޯންތައް ބޭނުން ކުރަމުން އަންނަ ކަމަށް ޔޫކްރެއިންއިން ތުހުމަތު ކުރެ އެވެ.
އީރާނާއި ރަޝިއާގެ މި އެއްބަސްވުމަކީ އެ ދެ ގައުމާއެކު އދއާއި ހުޅަނގުގެ ގައުމުތަކުން ބާއްވާ ގުޅުންތަކަށް ބޮޑު ހީނަރުކަމެއް އަންނާނެ ކަމެކެވެ. މިހާރު ވެސް ހުޅަނގުން ވަނީ ރަޝިއާއާއި އީރާނަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފަ އެވެ. -- އަލް އަރަބިއްޔާ
އެމެރިކާއިން އަލުން ހަމަލާ ދޭނަމަ ރައްދު ވަރުގަދަވާނެ: އީރާން
ތާބޫގެ ޝަހުސީ ހައްގުތައް ހިމާޔަތް ކުރަން ދިއްލީ ހައި ކޯޓަށް!
ވިއްސާރައިގައި އިންޑިއާއިން 100 އަށްވުރެ ގިނަ މީހުން މަރުވެއްޖެ