މާބަނޑު ދުވަސްވަރު އަންހެނުން ލާން ހާއްސަ ހެދުން ކަލެކްޝަނެއް ބޮލީވުޑްގެ މަޝްހޫރު ބަތަލާ އާލިއާ ބަޓް ބާޒާރަށް ނެރެފި އެވެ. ލޯންޗްކޮށްފި އެވެ.
"އެޑް އަ މަންމާ" ގެ ނަމުގައި މި ކަލެކްޝަން ބާޒާރަށް ނެރެފައިވަނީ މިމަހުގެ 14 ވަނަ ދުވަހު އެވެ.
އަލަތު ދަރިފުޅަށް މިހާރު ބަލިވެއިން ބަތަލާ އާލިއާ ލޯންޗްކުރި ކަލެކްޝަންގައި ހިމެނެނީ މާބަނޑު ދުވަސްވަރުގެ އެކި ހާލަތްތަކުގައި ލާން ފަސޭހަ، ގަޔަށް ފަސޭހަ ވަރަށް އަރާމު އުފެއްދުންތަކަކަށެވެ.
މާބަނޑު މީހުންނަށް ހާއްސަ ކުރި ކަލެކްޝަން ޕްރޮމޯޝަންތަކަށް އޭގެ އެކި ޑިޒައިންތަކުގައި އާލިއާ ނަގާފައިވާ ފޮޓޯތަކެއް ވެސް އޭނާގެ ސޯޝަލް މީޑިއާ އެކައުންޓުތަކުން ވަނީ ހިއްސާކޮށްފަ އެވެ.
މި ކަލެކްޝަންގެ އުފެއްދުންތައް "އެޑް އަ މަންމާ" ވެބްސައިޓް މެދުވެރިކޮށް ގަނެވޭނެ އެވެ.
ބޮލީވުޑްގެ މިހާރު އެންމެ ކާމިޔާބު އަދި އެންމެ ހުނަވެރި ބަތަލާއިންގެ ތެރޭގައި ހިމެނޭ އާލިއާ އާއި ރަންބީރް ކައިވެނިކުރީ މި އަހަރުގެ އެޕްރީލް 14 ގަ އެވެ. އަދި ބަލިވެއިންކަން އިއުލާންކުރީ ޖޫން މަހުގެ 29 ގަ އެވެ.
މީގެ ކުރިން އާލިއާ ވަނީ ކުޑަކުދިންނަށް ހާއްސަ ކޮށްގެން ހެދުން ކަލެކްޝަނެއް ބާޒާރަށް ނެރެފަ އެވެ.
ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ނުފޫޒުފޯރުވާ ކަމުގެ ތުހުމަތު!
މަހުގެ ބާވަތްތަކުގެ އުފެއްދުންތައް އިތުރު ކުރުމަށް ލޯނެއް
"ދުރަންދަރް"ގައި އަކްޝޭ ދެއްކި ހުނަރަށް ތައުރީފް އޮހެނީ!