އިންޑިއާގެ މަޝްހޫރު ރެޕާ އަދި ލަވަކިޔުންތެރިޔާ ބާދުޝާ އާއި ޕަންޖާބީ ބަތަލާ އީޝާ ރިކީ އާ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މިޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ބާދުޝާ އާއި އީޝާ ރައްޓެހިވެގެން އުޅޭތާ މިހާރު އަހަރެން ވެއްޖެ އެވެ. އެހެން ނަމަވެސް މިދެ ފަންނާނު މިކަން ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ.
ބާދުޝާއަކީ މީގެ ކުރިން ވަނީ ކައިވެންޏެއް ކޮށްފަ އެވެ. އަދި އޭނާގެ އަންހެން ދަރިޔަކު ވެސް ހުރެ އެވެ.
އުމުރުން 36 އަހަރުގެ ބާދުޝާ އާއި އުމުރުން 29 އަހަރުގެ އީޝާ ދިމާވީ ދެމީހުންގެ ގާތް ރައްޓެއްގެ ޕާޓީއެއްގެ ތެރެއިންނެވެ.
އީޝާ ވަނީ 2019 ގައި ރިލީޒްކުރި ހިންދީ ފިލްމު "ނަވާބުޒާދޭ" ގެ ރޯލެއް ވެސް ކުޅެފަ އެވެ.
އޭނަ އާއި ބާދުޝާހެ ގުޅުމުގެ ވާހަކަ މިހާރު ވަރަށް ބޮޑަށް މީޑިއާތަކުގައި ދެކެވުނަސް މިކަމާ ބެހޭ ގޮތުން އެ ދެ މީހުން ވަކި އެއްޗެއް ނުބުނެ އެވެ. އެކަމަކު އޭނަ އާއި އީޝާގެ އާއިލާގެ ބައެއް މީހުންނާ ހަވާލާދީ މީޑިއާތަކުން ބުނެފައި ވަނީ އެ ގުޅުމާ މެދު ދެ ފަރާތުގެ އާއިލާގެ ތެރޭގައި ވެސް ރުހުން އޮތް ކަމަށެވެ.
ބާދުޝާއަކީ މި ވަގުތު ބޮލީވުޑްގައި ތިބި އެންމެ ކާމިޔާބު ފިރިހެން ލަވަކިޔުންތެރިންގެ ތެރެއިން އެކެކެވެ. މިއީ އެތައް ފިލްމަކަށް އޭނާ މަގުބޫލު ލަވަތަކެއް ކިޔާފައިވެ އެވެ. ބާދުޝާ އަކީ ގިނަ ވީޑިއޯ ލަވަތަކެއް ވެސް ނެރެފައިވާ ފަންނާނެކެވެ.