ސީރިއާގެ ފަގީރުން ސަލާން ޖަހާ މަންޒަރު ލައިވް ސްޓްރީމް ކޮށްގެން ޓިކްޓޮކްއަށް ބޮޑު ފައިދާއެއް ލިބޭ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
އެގޮތުން ސީރިއާގެ ރެފިއުޖީ ކޭމްޕުތަކުގައި ދިރިއުޅޭ ކުޑަކުދިން ޑިޖިޓަލް ހަދިޔާތަކަށް އެދި ސަލާން ޖަހާ މަންޒަރު ގަޑިއިރުތަކެއް ވަންދެން ލައިވް ސްޓްރީމްކުރެވޭ ކަމަށް ބުނެވެ އެވެ.
ބީބީސީއިން ހިންގި މި ތަހުގީގީ ރިޕޯޓުގައި މިފަދަ މަނޒަރުތައް ލައިވްސްޓްރީމް ކޮށްގެން ގަޑިއިރެއްގެ މައްޗަށް އެ ކުންފުންޏަށް 1،000 ޑޮލަރު ލިބޭ ކަމަށާއި އެހެން ނަމަވެސް ސީރިއާގެ ނިކަމެތިންނަށް އެ އަދަދުން ލިބެނީ ކުޑަ މިންވަރެއް ކަމަށް ބުނެފައިވެ އެވެ.
މިކަމާ ގުޅިގެން އެކުންފުނިން ބުނީ އެފަދަ ވީޑިއޯތަކުން އެކުންފުންޏަށް ލިބެނީ ވަރަށް ކުޑަ ފައިދާއެއް ކަމަށެވެ. އެހެން ނަމަވެސް ސީދާ އަދަދު ބުނަން އެކުންފުނިން ދެކޮޅު ހެދި އެވެ.
މިގޮތަށް ލައިވް ސްޓްރީމް ކުރާ ވީޑިއޯތަކުގައި ކޮންމެ ދުވަހަކު ވެސް ބައިވެރިވާ ސީރިއާގެ އާއިލާތައް އުޅޭއިރު މި އާއިލާތަކަށް ލިބެންވާ އެހީ ނުލިބޭ ކަމަށް ބީބީސީގެ ރިޕޯޓުގައި ބުނެފައިވެ އެވެ.
ލައިވްސްޓްރީމް ތަކުގައި ސީރިއާގެ ރެފިއުޖީންނަށް އެހީވާން ޑިޖިޓަލް ހަދިޔާތައް ފޮނުވަން އެދޭއިރު މި ވީޑިއޯތަކާއެކު ގިނަ އަދަދެއްގެ މާލީ އެހީ އެފަރާތްތަކަށް ލިބޭ ކަމަށް ހޯދިފައިވެ އެވެ.
ރިޕޯޓު ނިންމާލަމުން ބީބީސީއިން ބުނެފައިވަނީ ޓިކްޓޮކުއަކީ ނިކަމެތިންނަށް އެހީވުމުގެ ނަމުގައި އެފަދަ މީހުންގެ ނާޖާއިޒު ފައިދާ ނަގަމުން އަންނަ ކުންފުންޏެއް ކަމަށެވެ.
ކުޑަ ކުދިންނަށް ތި ހީކުރާ ވަރަށްވުރެ ގިނައިން ނިދި ބޭނުންވޭ!
އެއް ކަސްރަތަކުން ތަފާތު 8 ބައްޔެއްގެ ނުރައްކާ ކުޑަވޭ!
ފާޑުކިޔާ މީހުންނަށް ކަންގަނާގެ "ފިލްމީ" ރައްދެއް!